ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 05:25
އިންގްލޭންޑް ކުޅުންތެރިން އުފާ ފާޅުކުރަނީ
އިންގްލޭންޑް ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓަރސް
ކްރިކެޓް ވޯލްޑް ކަޕް
ކްރިކެޓް ވޯލްޑް ކަޕް: އިންޑިއާ ބަލިކޮށް އިންގްލޭންޑުން ސެމީގެ އުންމީދު އާކޮށްފި
 
އިންގްލޭންޑް އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި

ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ ބަލިކޮށް އިންގްލޭންޑުން ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އެރީ އިންގްލޭންޑުންނެވެ. އެޓީމުން ވަނީ ކުޅެން އަރައި 50 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 337 ލަނޑު ހަދައިފައެވެ.

މެޗުގައި އިންގްލޭންޑްގެ ބެއާސްޓޯ 111 ލަނޑު ހެދިއިރު، ސްޓޯކްސް ވަނީ 79 ލަނޑު ހަދައިފައެވެ. އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި އިންގްލޭންޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ޖަވާބުގައި އިންޑިއާ އަށް ކުޅެން އަރައި 50 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 306 ލަނޑެވެ. މެޗުގައި އެޓީމުގެ ރޯހިތު 102 ލަނޑު ހެދިއިރު، ކޯލީއަށް ހެދުނީ 66 ލަނޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލޭންޑުގެ ކެޕްޓަން އެއޮއިން މޯގަން ބުނީ، މުބާރާތުގެ އެއްވެސް މެޗެއް ފަސޭހަ ނޫން ކަމަށާއި، ނަމަވެސް އިންޑިއާއާ ދެކޮޅަށް އިންގްލޭންޑުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

އިންޑިއާގެ ކެޕްޓަން ކޯލީ ބުނީ، މުބާރާތުގައި ކޮންމެ ޓީމެއްވެސް ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މެޗުން ބަލިވިޔަސް ރަނގަޅު ކުޅުމެއް ޓީމު ދެއްކި ކަމަށެވެ. އަދި ހެދުނު ގޯސްތަކުން އަރައިގަނެ ކުރިޔަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު 8 މެޗާއެކު އޮސްޓްރޭލިއާއެވެ. ދެވަނައިގައި ހަތް މެޗާއެކު އިންޑިއާ އޮތްއިރު، ތިންވަނައިގައި އޮތީ ނިއުޒިލޭންޑެވެ. އަދި ހަތަރު ވަނައިގައި އޮތީ މުބާރާތް ބާއްވާ ގައުމު އިންގްލޭންޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
0%
50%
ކޮމެންޓް