ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 05:25
މުބާރާތުގެ ތަށި ސްޕެއިން އުފުލާލަނީ
މުބާރާތުގެ ތަށި ސްޕެއިން އުފުލާލަނީ
ގެޓީ އިމޭޖަސް
21 އަހަރުން ދަށުގެ ވޯލްޑް ކަޕް
21 އަހަރުން ދަށުގެ ވޯލްޑް ކަޕް: ޖަރުމަން ބަލިކޮށް ސްޕެއިން ފަސް ވަނަ ފަހަރަށް ތަށި އުފުލާލައިފި
 
ޖަރުމަންގެ މައްޗަށް ސްޕެއިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

21 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ޖަރުމަން ބަލިކޮށް ސްޕެއިން ފަސްވަނަ ތަށި އުފުލާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ޖަރުމަންގެ މައްޗަށް ސްޕެއިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

އިޓަލީގެ ޑާސިއާ އެރީނާގައި ކުޅުނު މި މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަޕޯލީގެ މިޑްފިލްޑަރ ފަބިއަން ރުއިޒްއެވެ.

މި ލަނޑަށްފަހުވެސް ސްޕެއިންއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި ޖަރުމަނަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ސްޕެއިން އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް އޮލްމޯއެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަރުމަނުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަމީރީއެވެ.

މެޗުގެ ފަހު ހާފްގައި ޖަރުމަންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުއިރު، ނަތީޖާ ހަމަހަމަ ކުރަންވެސް އެޓީމަށް ގިނަ ފުރުސަތު ލިބި ބޭކާރުވިއެވެ.

މުބާރާތުގެ ގޯލްޑެން ބޫޓް ހޯދާފައިވަނީ ޖަރުމަނުގެ ލޫކަ ވަލްޑްޝެމިޑްތުއެވެ. އޭނާ ވަނީ މުބާރަތުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ތަށި ދަނޑަށް އެރުވީ އެ ތަށި އިޓަލީއާއެކު 2000 ވަނަ އަހަރު ކާމިޔާބުކުރި އެންޑްރޭ ޕިރްލޯއެވެ. އޭނާ ވަނީ އެ މުބާރާތުގައި ގޯލްޑެން ބޫޓްވެސް ހޯދައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް