ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 00:52
ގްރީން އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ގްރީން އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ފަހަތުން އަރައި ޓީސީން ގްރީން ހިފަހައްޓައިފި
 
ގްރީން އަދި ޓީސީ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބް ގްރީން ސްޓްރީޓްސް ހިފަހައްޓައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޓީސީ އާއި ގްރީން ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައިރު، ލީޑު ނެގުމަށްވެސް ހުސް ފުރުސަތުތައް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީންއެވެ. މި ލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަހުމަދު ރަޝީދުއެވެ. އޭގެ 8 މިނެޓު ފަހުން ގްރީންއަށް ލީޑު ފުޅާކޮށްދިނީ އަބްދުﷲ ޔާމީންއެވެ.

މި ލަނޑާއެކު ޓީސީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިސްމާއިލް އީސާއެވެ.

މެޗުގެ ނަތީޖާ ޓީސީން ހަމަހަމަކުރީ 88 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

ލީގުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަ ގްރާންޑޭއެވެ. މި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު އާއި، އަހުމަދު ހަސަން އަދި އަހުމަދު ނިޒާމްއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް