ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 19:48
މަތައިސް ޑެލައިޓް
މަތައިސް ޑެލައިޓް
ގެޓީ އިމޭޖަސް
މަތައިސް ޑެލައިޓް
ޔުވެންޓަސްއިން ޑެލައިޓްގެ ސޮއި ހޯދައިފި، މާދަމާ އިއުލާންކުރަނީ
 
ޑެލައިޓް ހޯދަން ޔުވެންޓަސްއިން ވަނީ 70 މިލިއަން ޕައުންޑު ހުށަހަޅާފައި

ޔުވެންޓަސްއިން އަޔަކްސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރ މަތައިސް ޑެލައިޓްގެ ސޮއި ހޯދާފައިވާ ކަމަށާއި، ހޯމަ ދުވަހު އެކަން އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓުޓޯ ސްޕޯޓްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުވެންޓަސްއިން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރީ ޑެލައިޓް ކަމަށާއި، އޭނާގެ ސޮއި ޔުވެންޓަސްއިން ހޯދާފައިވާ ކަމަށެވެ.

އެގޮތުން ޑެލައިޓްއާއެކު އެއްބަސްވުމަކަށް އާދެވުނުކަން ހޯމަ ދުވަހު ޔުވެންޓަސްއިން އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭނާ ހޯދަން ޔުވެންޓަސްއިން 70 މިލިއަން ޕައުންޑު ހުށަހެޅި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 19 އަހަރުގެ ޑެލައިޓް ނިމިދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަޔަކްސްއަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން މި ފަހަރުގެ މުބާރާތުގައި ހޯދާފައެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ގިނަ ކްލަބްތަކުން ޑެލައިޓް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ އިތުރުން ޕީއެސްޖީ އާއި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތައް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަޔަކްސްއަށް 2016 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ޑެލައިޓް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 112 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު މި ސީޒަނުގައި ޑަޗް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބު ކޮށްފައިވާ ޑެލައިޓް ވަނީ ނެދަލޭންޑްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް