ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 19:11
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
ބާސާ ނުވަތަ ޖަރުމަނަށް އަނބުރާ ނުދާނަން: ގާޑިއޯލާ
 
ސްޕެއިންގައި ކޯޗުކޮށްދިނުމަށްވުރެ ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭން މާ ހިތްހަމަ ޖެހޭ

ބާސެލޯނާ ނުވަތަ ޖަރުމަނަށް ކޯޗެއްގެ ގޮތުގައި އަނބުރާ ނުދާނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ، ރަނގަޅު ވަސީލަތްތަކާއެކު ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭން ފުރުސަތު އޮއްވައި ބާސާ ނުވަތަ ޖަރުމަނުގެ ކްލަބަކަށް ކޯޗުކޮށްދިނުމަށް އަނބުރާ ނުދާނެ ކަމަށެވެ.

އެގޮތުން ގާޑިއޯލާ ބުނީ، ސްޕެއިންގައި ކޯޗުކޮށްދިނުމަށްވުރެ ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭން މާ ހިތްހަމަ ޖެހޭ ކަމަށާއި، ބޭނުންވާ ހުރިހާ ކަމެއް ސިޓީން ފޯރުކޮށްދޭ ކަމަށެވެ.

ގާޑިއޯލާގެ ކޯޗިން ކެރިޔަރުގައި މިދިޔަ ސީޒަނަކީ 10 ވަނަ ސީޒަން ކަމަށްވާއިރު، އޭނާ ވަނީ ކެރިޔަރުގައި ހޭދަކުރި 10 ސީޒަންގެ ތެރެއިން 8 ފަހަރު ލީގު ތަށި ކާމިޔާބުކޮށްފައެވެ.

ސްޕެއިން އަށް އުފަން އުމުރުން 48 އަހަރުގެ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު 173 މެޗުގެ ތެރެއިން 126 މެޗު ކާމިޔާބު ކޮށްފައިވާއިރު، 23 މެޗުން ވަނީ ބަލިވެފައެވެ. އަދި 24 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މީގެކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކާއެކު ވެސް ކާމިޔާބު ހޯދާފައިވާ ކޯޗު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ވަނީ ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
14%
14%
57%
0%
0%
ކޮމެންޓް