ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 19:12
ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ
ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ
ގެޓީ އިމޭޖަސް
ނޭމާ ޕީއެސްޖީގައި މަޑުކުރުން
ޕީއެސްޖީން ނޭމާ ވިއްކާލަން ބޭނުންވަނީ ފެށޭ ސީޒަނަށްފަހު
 
ނޭމާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ނޭމާ ވިއްކާލަން ބޭނުންވަނީ މި ފެށޭ ސީޒަނަށްފަހު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެލެފުޓް އިން ބުނީ، މި ޓްރާންސްފާގައި އުމުރުން 28 އަހަރުގެ ނޭމާ ވިއްކާލަން ޕީއެސްޖީން މަސައްކަތް ނުކުރާ ކަމަށާއި، އެ ކްލަބުން މަސައްކަތް ކުރަމުން އަންނަނީ މި ސީޒަނަށްފަހު އޭނާ ވިއްކާލަން ކަމަށެވެ.

މި ޓްރާންސްފާގައި ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓެޑުވެސް ހިމެނެއެވެ.

ޕީއެސްޖީއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބާސާގެ އިތުރުން ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތު އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
14%
14%
14%
14%
29%
ކޮމެންޓް