ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 19:32
ސްވިމިން އެސޯސިއޭޝަނާ މިނިސްޓަރ މަހްލޫފް ބައްދަލުކުރައްވަނީ
ޓްވިޓަރ
ސްވިމިންގް ޓްރެކް
ސްވިމިންގް ޓްރެކް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފި

މާލޭގެ ސްވިމިންގް ޓްރެކް ތަރައްގީކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފިއެވެ.

އާދީއްތަ ދުވަހު ހަވީރު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވަރމެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މި އެއްބަސް ވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސް ވުމުގެ ދަށުން 120 ދުވަހުގެ ތެރޭގައި ސްވިމިންގް ޓްރެކްގެ މައްސަކްތް ނިންމަން ޖެހޭނެއެވެ.

ސްވިމިންގް ޓްރެކް ޒަމާނީ ފެންވަރަށް ހެދިގެން ދާއިރު، ސްވިމިންގް ޓްރެކް ގައި ޗޭންޖިންގް ރޫމަކާއި ފެންވެރޭނެ ފާހަނާ ބަރިއެއް ހުންނާނެއެވެ. އަދި މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ހުންނާނެއެވެ.

މި ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ، ކުޅިވަރު ކުރި އެރުވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މި ކަމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ސުކުރު އަދާ ކުރާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، މާލޭގައި ސްވިމިންގް ޕޫލެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ.

ސްވިމިންގް އެސޯސިއޭސަންގެ ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވީ، މި މަސައްކަތް އަވަސްކޮށްދެއްވީތީ މިނިސްޓަރ މަހުލޫފް އަށާއި، ޔޫތު މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އިސްމާއިލް ވިދާޅުވީ، ސްވިމިންގް ޓްރެކްގެ މަސައްކަތް ކުރެވެމުން ދާއިރު، ދޭތެރެ ދޭތެރެއިން ސްވިމިންގް ޓްރެކް ބަންދު ކުރަންޖެހިދާނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް ސްވިމިންގް ޓްރެކް ތަރައްގީ ކުރެވިގެން ދިއުމުން މިހާރު ސްވިމިންގ ޓްރެކް ބޭނުން ކުރަމުންދާ ފަރާތްތަކަށް އިތުރު ލުއި ތަކެއް ލިބިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
67%
0%
0%
33%
0%
ކޮމެންޓް