ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 13:33
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ބީބީސީ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: އުރުގުއޭ ބަލިކޮށް ޕެރޫން ކުއާޓާ ފައިނަލަށް
 
ޕެނަލްޓީގައި ޕެރޫން އުރުގުއޭ ބަލި ކުރީ 5-4 ގެ ނަތީޖާ އަކުން

ބްރެޒިލްގައި ކުރިޔަށްދާ ކޮޕާ އެމެރިކާގައި އުރުގުއޭ އަދި ޕެރޫ ބައްދަލު ކުރި މެޗު ޕެނަލްޓީޖަހައިގެން އުރުގުއޭ ބަލިކޮށް ޕެރޫން ކުއާޓާ ފައިނަލްއަށް ދަތުރު ކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެރޫން ވަނީ 5-4 ގެ ނަތީޖާ އަކުން އުރުގުއޭ ބަލިކޮށްފައެވެ.

މެޗު ފެށިގެން ދެ ޓީމުގެ ކުޅުންތެރިން ފަރާތުން އަވަސް ކުޅުމެއް ފެނިގެން ދިޔައެވެ. އެ ގޮތުން ދެ ޓީމުން ވެސް ދިޔައީ ގޯލާ އަމާޒުކޮށް ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް މި މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގައި އުރުގުއޭއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 41 ވަނަ މިނެޓުގައި ފޮނުވައިލީ ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

ޕެރޫއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ އޭރިޔާ ބޭރުން އެޑިސަން ފޮނުވާލި ހަމަލާއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. އެގޮތުން މި ހާފުގައި ދެ ޓީމުގެ ފަރާތުން މާކަ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފައެވެ. އެގޮތުން ޖެހި ޕެނަލްޓީގައި ޕެރޫއިން ޖެހި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އުރުގުއޭއަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީއެވެ. އުރުގުއޭގެ ލުއިސް ސުއަރޭޒް ފޮނުވާލި ޕެނަލްޓީ، ޕެރޫގެ ކީޕަރުވަނީ މަތަ ކޮށްފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ އަންގާރަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް