ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 00:33
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދިރާގު ދިވެހި ޕްރިމިއާ ލީގު
ފޭސްބުކް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: އީގަލްސްއަށް ފަސޭހަ މޮޅެއް
 
މެޗުން އީގަލްސް މޮޅިވީ 1-5 ގެ ނަތީޖާ އަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ކްލަބް އީގަލްސް އަދި ނިލަންދޫ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު އީގަލްސް ކާމިޔާބު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ނިލަންދޫއާ ވާދަކޮށް އީގަލްސް މޮޅުވީ 1-5 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) ވަނީ ހެޓްރިކް ހަދައިފައެވެ.

މެޗުގެ ކުރީ ކޮޅު އީގަލްސްއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އީގަލްސް އަށް ކާމިޔާބު ކޮށްދިނީ މުހަންމަދު ނާއިމްއެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް ކުޅެމުން އައި އީގަލްސްއިން މެޗުގެ 39 ވަނަ މިނެޓު ގައި އިތުރު ލަނޑެއް ޖަހާ ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޒޭއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ގެ ފަރަގު ބޮޑު ކޮށްފައެވެ.

ރިޒޭގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ އަލީ ފާސިރު ދިން ޕާހަކުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނިލަންދޫއިން ވަނީ ގޯލުޖަހަން ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި އަހުމަދު އުސާމް ވަނީ ނިލަންދޫއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

މެޗުގައި އީގަލްސް އިން ޖެހި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް އިން ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ތިން މެޗުން އީގަލްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މި މެޗުން ބަލިވި ނިލަންދޫ އޮތީ ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް