ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 14:54
މާސޭއަށް ކުޅެމުން އަންނަ ބަލޮޓެލީ
މާސޭއަށް ކުޅެމުން އަންނަ ބަލޮޓެލީ
ގެޓީ އިމޭޖަސް
މާރިއޯ ބަލޮޓެލީ
ބަލޮޓެލީ ހޯދުމަށް މަސައްކަތް އެބަ ކުރަން: ޕާމާ
 
ބަލޮޓެލީގެ އިތުރުން ސްޓްރައިކަރުންވެސް ހޯދަން އަންނަނީ މަސައްކަތް ކުރަމުން

މާސޭއަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ޕާމާއިން ބުނެފިއެވެ.

ރޭޑިއޯ ކިސް ކިސްއަށް ދިން އިންޓަވިއުއެއްގައި ޕާމާގެ ޑިރެކްޓަރ ފަގިއަނޯ ބުނީ، ބަލޮޓެލީއަކީ ކްލަބުން ވަރަށް ޝައުގުވެރިވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހޯދުމަށް ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަގިއާނޯ ބުނީ، ބަލޮޓެލީއަކީ ވަރަށް ގިނަ ކްލަބްތަކުން ބޭނުންވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އިތުރު ސްޓްރައިކަރުން ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދާދި ފަހުން އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ބަލޮޓެލީ ބުނީ، ކައިރި މުސްތަގުބަލެއްގައި އިޓަލީގެ ކްލަބަކަށް ބަދަލުވާން ނުވިސްނާ ކަމަށާއި، ނަމަވެސް ކެރިޔަރު ނިންމާލަން ބޭނުން ވަނީ އިޓަލީގެ ބްރެޝާގައި ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު މާސޭއަށް ބަދަލުވި ބަލޮޓެލީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނަށް ފަހުއެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 12 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިންޓަ މިލާން، އޭސީ މިލާން، މެންޗެސްޓާ ސިޓީ އަދި ލިވަޕޫލަށް ވެސް ކުޅެފައިވާ ބަލޮޓެލީ ނީސްއަށް ބަދަލުވީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 76 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިންޓަ މިލާނާ އެކު ތިން ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ ބަލޮޓެލީ ވަނީ އެ ކްލަބާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާ އެކު ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

އިޓަލީއާ އެކު 2012 ވަނަ އަހަރު ޔޫރޯގެ ދެވަނަ ހޯދި ބަލޮޓެލީ ވަނީ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރުގެ ގޯލްޑެން ބޯއި އެވޯޑް އަދި 2012 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް