ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 14:45
ރާއްޖެ އަދި ތައިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ތައިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓްރައި ސީރީސް 2019
ޓްރައި ސީރީސް 2019: ފަހު މެޗުގައި ތައިލޭންޑް އަތުން ރާއްޖެ ބަލިވެއްޖެ
 
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެއިން ވަނީ ތައިލޭންޑް ބަލިކޮށްފައި

މެލޭޝިއާގައި ކުރިޔަށް ދިޔަ މެލޭޝިއާ ޓީ20 ޓްރައި ސީރީސްގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ތައިލޭންޑް އަތުން ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗުގައި ފުރަތަމަ ކުޅެން އެރީ ރާއްޖެއިންނެވެ. ރާއްޖެއިން ވަނީ ކުޅެން އަރައި 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 153 ލަނޑު ހަދައިފައެވެ. މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.

ނަމަވެސް ޖަވާބުގައި ތައިލޭންޑުން ވަނީ ކުޅެން އަރައި 19.1 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 154 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ފުރަތަމަ މެޗުން ތައިލޭންޑު ބަލިކޮށްފައެވެ. އެ މެޗަކީ ރާއްޖެއިން އައިސީސީ ގްލޯބަލް ރޭންކިން ޓީ ޓްވެންޓީ ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.

މުބާރާތުގައި ރާއްޖެއިން ވަނީ މެލޭޝިއާއާ ދެކޮޅަށް ވެސް ކުޅެފައެވެ. ނަމަވެސް އެ މެޗު ނުނިމެނީސް ބޯކޮށް ވާރޭ ވެހުމުން ވަނީ ދެ ޓީމު މެދުގައި ޕޮއިންޓް ބަހަލައިފައެވެ. އަދި އެއާއެކު މުބާރާތުގެ ޗެމްޕިއަކަން މެލޭޝިއާއިން ވަނީ ހޯދައިފައެވެ.

މި މަހުގެ 24 އިން 29 އަށް ކުރިޔަށް ދިޔަ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރީ މެލޭޝިއާ އާއި ތައިލޭންޑެވެ. ދުނިޔޭގެ ރޭންކިންގ އަށް ބަލާއިރު، ރާއްޖެ 72 ވަނައިގައި އޮތްއިރު، މެލޭޝިއާ އޮތީ 33 ވަނައިގައެވެ. އަދި ތައިލޭންޑް އޮތީ 55 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް