ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 09:00
އެމެރިކާއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން މޭގަން ރަޕީނޯ
އެމެރިކާއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން މޭގަން ރަޕީނޯ
އޭއެފްޕީ/ގެޓީ
ފީފާ އަންހެނުންގެ ވަރލްޑް ކަޕް 2109
ފަރަންސޭސީ ހިތްތައް ރޮއްވާލުމަށް ފަހު، އެމެރިކާ ސެމީ ފައިނަލަށް
 
ސެމީ ފައިލަނުގައި އެމެރިކާ ވާދަކުރާނީ އިނިގިރޭސިވިލާތާ
 
ފަރަންސޭސްވިލާތުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ވެންޑީ ރެނާޑް
 
އެމެރިކާއަށް ލަނޑު ޖަހައިދިނީ މޭގަން ރަޕީނޯ

މުބާރާތް ބާއްވަމުން އަންނަ ފަރަންސޭސިވިލާތުގެ ޓީމު ކުއާޓަރ ފައިނަލުގައި ބަލިކުރުމަށް ފަހު، އަންހެނުންގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ އެމެރިކާ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.

ފަރަންސޭސްވިލާތުގެ ޕެރިހުގައި ކުޅުނު މެޗުގައި ފަރަންސޭސްވިލާތުގެ އަންހެން ޓީމު ބަލިކުރުމަށް ފަހު ސެމީ ފައިނަލަށް އެމެރިކާ ދަތުރުކުރީ 2-1 ގެ ނަތީޖާއަކުން ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހުގައެވެ.

އެމެރިކާ ޓީމަށް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ 33 އަހަރުގެ ތަޖުރިބާކާރު ފޯވާޑް މޭގަން ރަޕީނޯއެވެ. ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި އިރު، ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ ދެވަނަ ހާފުގައި ޓޯބިން ހީތް ފޮނުވާލި ހުރަހެއް ގޯލަށް އަމާޒު ކޮށްގެންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި އެމެރިކާގެ ހީތް ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑެއް ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުމުގައި، ފަރަންސޭސްވިލާތުން މޮޅަށް ކުޅެފައިވީ ނަމަވެސް، އެ ޓީމަށް އެމެރިކާ ތަރުތީބުކޮށްފައި އޮތް ޑިފެންސް ފޫއަޅުވާލެވޭ ވަރެއް ނުވިއެވެ. އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުނީ މެޗު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެންޑީ ރެނާޑެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ފްރާންސުން ޕެނަލްޓީއެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމާފައެވެ. މިއީ ފަރަންސޭސި އަންހެން ޓީމު މުބާރާތުގެ މި ހިސާބުން ވިދިވިދިގެން އަލްވަދާއު ކިޔަން ޖެހުނު ދެވަނަ ފަހަރެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމެރިކާއަށް ލަނޑު ޖަހައިދިން ރަޕީނޯއެވެ. އޭނާ ވަނީ އެ ދެ ލަނޑާއެކު މުބާރާތުގެ ލަނޑު ޖެހުމުގެ ޗާޓުގެ އެއްވަނައަށް ޖެހިލާފައެވެ. މިހާތަނަށް އޭނާ ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މޮޅާއެކު އެމެރިކާ ދެން ވާދަކުރާނީ މުބާރާތުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއެވެ. އެ ޓީމު ވަނީ އެ މީހުންގެ ކުއާޓަރ ފައިނަލް މެޗުގައި ނޯވޭ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި