ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:24
ސޯޝަލް ސެންޓަރ ގައި ބާސްކެޓް ބޯލް މެޗެއް ކުރިއަށް ދަނީ
ސޯޝަލް ސެންޓަރ ގައި ބާސްކެޓް ބޯލް މެޗެއް ކުރިއަށް ދަނީ
ބެޗް
ސޯޝަލް ސެންޓަރ
ޝަކުވާތަށް އަޑު އަހައި، ސޯޝަލް ސެންޓަރ އޭސީ ކުރަނީ
 
އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ބުރާސްފަތި ދުވަހު

ކުޅިވަރު އާއިލާގެ ޝަކުވާތަށް އަޑު އަހައި، ސޯޝަލް ސެންޓަރގެ އިންޑޯ ހޯލް އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފި އެވެ.

މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބުރާސްފަތި ދުވަހުގެ ރޭ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ސޯޝަލް ސެންޓަރ އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ.

ވޮލީ އާއި ނެޓްބޯލް އަދި ބާސްކެޓް ބޯލް ފަދަ މުބާރާތްތައް ބާއްވަމުން ގެންދާ ސޯޝަލް ސެންޓަރ އިންޑޯހޯލްގައި ހޫނު ދަގަ ވާހަކަ އަކީ ކުޅުންތެރިނާއި ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާ ކަމަށް މްހުލޫފްގެ ޓްވީޓްގައި ވެއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރ މަހްލޫފް ކުރިން ވިދާޅުވީ، އިންޑޯ ހޯލް އެއްކޮށް އޭސީ ކުރި ކަމުގައި ވިޔަސް އެއީ އެންމެ ރަނގަޅު ހައްލު ނޫން ކަށާއި، އުންމީދަކީ އިންޑޯ ކޮންމެ ކުޅިވަރަކަށްވެސް އެކުޅިވަރެއް ކުޅޭނެ ޚާއްސަ ކޯޓެއް ހޯދައި ދިނުން ކަމަށެވެ. އަދި އެކަމުގެ ބައެއް މަސައްކަތް ތައްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިއަހަރަށް ފާސްކުރި ބަޖެޓުގައިވެސް، ޒުވާނުންގެ މަރުގެޒުގެ އިންޑޯ ހޯލުގެ ވެންޓިލޭޝަން މައްސަލަ ހައްކުރަން ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
100%
ކޮމެންޓް