ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:04
ކޮޕާ އެމެރިކާ: ބްރެޒިލް
ކޮޕާ އެމެރިކާ: ބްރެޒިލް
ބީބީސީ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: ޕެރެގުއޭ ބަލިކޮށް ބްރެޒިލް ސެމީއަށް
 
ޕެނަލްޓީ ގައި ބްރެޒިލް އިން ޕެރެގުއޭ ބަލި ކުރީ 4-3 ގެ ނަތީޖާ އަކުން

ބްރެޒިލްގައި ކުރިޔަށްދާ ކޮޕާ އެމެރިކާގައި ޕެރެގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ޕެރެގުއޭ ބަލިކޮށް ބްރެޒިލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބްރެޒިލްއިން ވަނީ 3-4 ގެ ނަތީޖާއަކުން ޕެރެގުއޭ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް ޕެރެގުއޭ އިން ވަނީ މޮޅު ޑިފެންސެއް ކޮށް ބްރެޒިލްގެ ހަމާލާތައް ހުއްޓުވައިފައެވެ.

ފުރަތަމަ ހާފުގައި ބްރެޒިލްއައް ލިބުނު އެންމެ ހުސްފުރުސަތު ލިބުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ކުޓީނިއޯއަށެވެ. އޭނާ ޕެރެގުއޭގެ އޭރިޔާ ތެރެޔަށް ވަދެ ފޮނުވާލި ބޯޅަ، ޕެރެގުއޭގެ ކީޕަރުވަނީ ހުށިޔާރުކަމާއި އެކު ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ވެސް ބްރެޒިލްއިން ފެށީ އެޓޭކިންގްއަށް ވިސްނައިގެންނެވެ. އެގޮތުން ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހަށްޓައި ބްރެޒިލްއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ކުން އެއްވަރު ވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފައެވެ. އެގޮތުން ބްރެޒިލް ވަނީ އެޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޕެރެގުއޭ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ.

މި ނަތީޖާއާއެކު ސެމީގައި ބްރެޒިލް ބައްދަލު ކުރަން ޖެހޭނީ އާޖެންޓީނާ އަދި ވެނެޒުއޭލާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ އަންގާރަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
75%
0%
25%
0%
0%
ކޮމެންޓް