ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 17:26
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް
ގެޓީ އިމޭޖަސް
ނޭމާ ބާސާއަށް ބަދަލުވުން
ބާސާއަށް އަނބުރާ އަންނަން ނޭމާ ބޭނުންވޭ: ބާސާގެ ނައިބް ރައީސް
 
ނޭމާ ހޯދަން ބާސާއިން މަސައްކަތެއް ނުކުރޭ

ބާސެލޯނާއަށް އެނބުރި އަންނަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ބޭނުންވާ ކަމަށް ބާސާގެ ނައިބް ރައީސް ޖޯޑީ ކާޑޮނާ ވިދާޅުވެއްޖެއެވެ.

ނޭމާ ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައި ކާޑޮނާ ވިދާޅުވީ، ބާސާއިން ނޭމާ ހޯދުމަށް މަސައްކަތް ނުކުރާ ކަމަށާއި، ނަމަވެސް ނޭމާ ބާސާއަށް އަނބުރާ އަންނަން ބޭނުންވާ ކަމަށެވެ.

އެގޮތުން ކާޑޮނާ ވިދާޅުވީ، ނޭމާ ބާސާއަށް ބަދަލުވާން ބޭނުންވި ނަމަވެސް އޭނާއާއެކު ބާސާއިން މިހާތަނަށް މަޝްވަރާކޮށްފައިނުވާ ކަމަށާއި، އޭނާ އަނބުރާ ކްލަބަށް ގެންނަން މަސައްކަތެއްވެސް ނުކުރާ ކަމަށެވެ.

ޕީއެސްޖީއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބާސާގެ އިތުރުން ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތު އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް