ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 17:11
ފުވައްމުލަށް މެރެތަން 2019 ގެ ޕްރޮމޯޝަނަލް ފޮޓޯ
ފުވައްމުލަށް މެރެތަން 2019 ގެ ޕްރޮމޯޝަނަލް ފޮޓޯ
ފޭސްބުކް
މޯލްޑިވްސް ފުވައްމުލަށް މެރެތަން 2019
މޯލްޑިވްސް ފުވައްމުލަށް މެރެތަން 2019: ބައިވެރިވާން ފުރުސަތު ހުޅުވާލައިފި
 
ޖުލައި މަހުގެ ފަސްވަނަ ދުވަހަށް ވަނީ ފުރުސަތު ހުޅުވާލެވިފައި

މޯލްޑިވްސް ފުވައްމުލަށް މެރެތަން 2019 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހު ފުވައްމުލަކުގައި ބާއްވާ މި މެރެތަންގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހު ފުރުސަތު ހުޅުވާލިއިރު، އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މިހާރު އާލީ ބާޑް ރަޖިސްޓްރޭޝަން ކުރިޔަށްދާއިރު، ނޯމަލް ރަޖިސްޓްރޭޝަން އާއި ލާސްޓް މިނެޓް ރަޖިސްޓްރޭޝަންވެސް ހިމެނެއެވެ.

އެގޮތުން ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ފަސްވަނަ ދުވަހަށް ނޯމަލް ރަޖިސްޓްރޭޝަން ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އަދި ލޭޓް ރަޖިސްޓްރޭޝަން އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

މި ދުވުމުގައި ސަން ރައިޒް އިވެންޓުތަކުގެ އިތުރުން ހިމެނެނީ ފެމިލީ އިވެންޓުތަކެވެ.

އެގޮތުން ސަން ރައިޒްގެ އިވެންޓްތަކުގެ ތެރޭގައި މެރަތަންގެ އިތުރުން ހިމެނެނީ ހާފް މެރެތަން އާއި، 10 ކިލޯ މީޓަރު ދުވުން އަދި ފަސް ކިލޯ މީޓަރުގެ ފަން ރަންއެވެ. މެރެތަން އަދި ހާފް މެރެތަންގައި 18 އަހަރުން މައްޗަށް ވާދަކުރެވޭއިރު، 10 ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރުގައި ވާދަކުރެވޭނީ 12 އަހަރުން މައްޗަށެވެ.

ފެމިލީ އިވެންޓުގެ ތެރޭގައި ހިމެނެނީ އުމުރުން 40 އަހަރުން މައްޗަށް ހާއްސަ ކުރެވިފައިވާ ސީނިއާ ޕަވާ ވޯކް އާއި، 10 އަހަރާއި 12 އަހަރާ ދެމެދަށް ހާއްސަ ކިޑްސް މައިލް 3.2 ކިލޯ މީޓަރާއި، ފަސް އަހަރާއި ނުވަ އަހަރާ ދެމެދަށް ހާއްސަ ކިޑްސް މައިލް 1.6 ކިލޯ މީޓަރު އަދި އެއް އަހަރާއި ފަސް އަހަރާ ދެމެދަށް ހާއްސަ ކިޑްސް މައިލް 800 މީޓަރު ދުވުމެވެ.

ހުރިހާ އިވެންޓެއްވެސް ބައިނަލްއަގުވާމީ ދުވުންތެރިންނަށް ބައިވެރިވެވޭއިރު، މެރެތަންގެ ކުރިން ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އަދި ހަވަނަ ދުވަހު ހެލްތު އެންޑް ފިޓްނެސް އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވުމުގައި ކޮންމެ ކެޓަގަރީއަކުންވެސް ރޭސް ފުރިހަމަކުރާ ފަރާތަކަށް މެޑަލްއެއްގެ އިތުރުން ޑިޖިޓަލް ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް