ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 10:58
ޕާކިސްތާން އަދި ނިއުޒިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕާކިސްތާން އަދި ނިއުޒިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކުރިކެޓް ވޯލްޑް ކަޕް
ނިޔުޒިލޭންޑް ބަލިކޮށް ޕާކިސްތާން ސެމީގެ އުންމީދު އާކޮށްފި
 
ޕާކިސްތާނުން މެޗު ކާމިޔާބުކުރީ ހަ ވިކެޓުން

ކްރިކެޓް ވޯލްޑް ކަޕްގައި ހަ ވިކެޓުން ނިއުޒިލޭންޑް ބަލިކޮށް ޕާކިސްތާން ސެމީގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އެރީ ނިއުޒިލޭންޑުނެވެ. އެޓީމުން ވަނީ ކުޅެން އަރައި 50 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 237 ލަނޑު ހަދައިފައެވެ. މެޗުގައި ނިޔުޒިލޭންޑަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 97 ލަނޑު ހެދި ޖިމީ ނީޝަމް އެވެ.

ޖަވާބުގައި ޕާކިސްތާނުން ވަނީ ކުޅެން އަރައި 49.1 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެ 241 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 101 ލަނޑު ހެދި ބާރބާރ އަޒަމްއެވެ.

މި ނަތީޖާއާއެކު ޕާކިސްތާނުން ވަނީ ހަތް ޕޮއިންޓް ހަމަކޮށް ޕޮއިޓް ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ނިއުޒިލޭންޑް އޮތީ 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި 12 ޕޮއިންޓާއެކު އޮސްޓްރޭލިއާ އޮތްއިރު، ތިންވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އިންޑިއާއެވެ. އަދި ހަތަރުވަނައިގައި 8 ޕޮއިންޓާއެކު އޮތީ މުބާރާތް ބާއްވާ ގައުމު އިންގްލޭންޑެވެ.

މުބާރާތުގައި 10 ގައުމު ވާދަކުރާއިރު، އޭގެ ތެރެއިން ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
100%
0%
0%
0%
0%
0%
ކޮމެންޓް