ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 09:43
ސިލިސޭން
ސިލިސޭން
ބީބީސީ
ސިލިސޭން ބާސާ ދޫކޮށް ވެލެންސިޔާއަށް
ވެލެންސިޔާ އިން ބާސާގެ ކީޕަރު ސިލެސޭން ގަނެފި
 
ސިލިސޭން ވެލެންސިޔާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ބާސެލޯނާގެ ކީޕަރު ސިލިސޭން 35 މިލިއަން ޔޫރޯއަށް ވެލެންސިޔާއަށް ބަދަލުވެއްޖެ އެވެ.

ސިލިސޭން ވަނީ ވެލެންސިޔާއާއި އެކު ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. ވެލެންސިޔާ އިން މިދިޔަ ސީޒަން ނިންމައިލީ ޓޭބަލް ގެ ހަތަރު ވަނައިގައި އޮވެގެންނެވެ. މި އާއެކު ވެލެންސިޔާއިން ކުރިޔަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭނެ އެވެ.

ބާސާއިން ނެރުނު ބަސްދީގަތުމުގައި އެ ޓީމުން ވަނީ ސިލިސޭންއަށް ޝުކުރުއަދާ ކުރާ ކަމަށާއި އޭނާ އަށް ކުރިމަގުގައި ކާމިޔާބު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސިލިސޭނާ ވަނީ ބާސާއާއެކު މިދިޔަ ތިން ސީޒަނުގައި 32 މެޗު ބާސާއަށް ކުޅެދީފައެވެ. އޭނާ ވަނީ ބާސާއާއެކު، ދެ ލަލީގާ، ދެ ކޮޕާޑެލްރޭ އަދި އެއް ސްޕެނިސް ސުޕަރ ކަޕް ކާމިޔާބު ކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސިލިސޭން ނެދެލޭނޑްސް ގެ އަޖެކްސް އިން ބާސާއަށް ބަދަލުވީ 11.1 މިލިއަން ފައުންޑަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް