ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 09:28
ޖޮއާއޯ ފެލިކްސް
ޖޮއާއޯ ފެލިކްސް
ގެޓީ އިމޭޖަސް
ޖޮއާއޯ ފެލިކްސް
ފެލިކްސް ހޯދުމަށް އެޓްލެޓިކޯއިން 126 މިލިއަން ޔޫރޯ ހުށަހަޅައިފި
 
ފެލިކްސް ހޯދަން އެޓްލެޓިކޯއިން ބިޑުކުރިކަން ބެންފީކާއިން ވަނީ ކަށަވަރުކޮށްދީފައި

ބެންފީކާއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޖޮއާއޯ ފެލިކްސް ހޯދުމަށް އެޓްލެޓިކޯ މެޑްރިޑުން 126 މިލިއަން ޔޫރޯ ހުށަހަޅައިފިއެވެ.

އުމުރުން 19 އަހަރުގެ ފެލިކްސް ހޯދުމަށް އެޓްލެޓިކޯއިން 126 ހުށަހެޅިކަން ބެންފީކާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިގަންނަން އަދި ނުނިންމާ ކަމަށް ބެންފީކާއިން ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ފެލިކްސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސީ ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތައް ވެސް ހިމެނެއެވެ.

ފެލިކްސް ހޯދުމަށް 126 މިލިއަން ޔޫރޯ އެޓްލެޓިކޯއިން ހުށަހަޅާފައިވާއިރު، އޭނާގެ ރިލީޒް ފީއަކީ 120 މިލިއަން ޔޫރޯއެވެ. އެގޮތުން އޭނާ ހޯދުމަށް އެޓްލެޓިކޯއިން މަސައްކަތް ކުރަނީ ރިލީޒް ފީއަށްވުރެ ވެސް ބޮޑު ކޮށެވެ.

ބެންފީކާގެ ޒުވާން ޓީމަށް ދެ ސީޒަން ކުޅެފައިވާ ފެލިކްސް އޭނާގެ ސީނިއަރ ކެރިޔަރު ފެށީ މިދިޔަ ސީޒަނުގައި ބެންފީކާގެ ސީނިއާ ޓީމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ފެލިކްސް ވަނީ ބެންފީކާއާއެކު ލީގު ހޯދުމުގެ އިތުރުން ޔުއެފާ ޔޫތު ލީގުގެ ދެވަނަ ވެސް ހޯދާފައެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް މެޗެއް ކުޅެފައިވާ ފެލިކްސް ވަނީ ޕޯޗުގަލް ޓީމާއެކު ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
0%
50%
0%
ކޮމެންޓް