ކ. މާލެ
|
26 ޖޫން 2019 | ބުދަ 17:48
ރެޑްބުލް ވިނިންގް ފައިވް
ރެޑްބުލް ވިނިންގް ފައިވް
ފޭސްބުކް
ރެޑްބުލް ވިނިންގް ފައިވް
ރެޑްބުލް ވިނިންގް ފައިވް: ނެޝަނަލް ފައިނަލްސް މި މަހު 28 އަދި 29 ގައި
 
މި އަހަރުގެ މުބާރާތުގައި 396 މެޗު ކުޅެފައިވޭ

ރެޑްބުލް ވިނިންގް ފައިވް ފައިނަލްސް މި މަހު 28 އަދި 29 ގައި ހުޅުމާލޭ، ޔޫތް ޕާކުގައި އޮންނާނެއެވެ.

މި މުބާރާތަކީ ރެޑްބުލްއިން 2013 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. 2014،2013 އަދި 2015 ވަނަ އަހަރު މި މުބާރާތް ބާއްވައިފައި ވަނީ ރެޑްބުލް ވިނިންގް ފައިވްގެ ނަމުގައެވެ. ނަމަވެސް 2017 އަދި 2018 ވަނަ އަހަރު މި މުބާރާތް ބާއްވައިފައި ވަނީ ނޭމާ ޖޫނިއަރ ފައިވް ނަމުގައެވެ.

މި އަހަރުގެ މުބާރާތުގައި 233 ޓީމުން 1،617 ކުޅުންތެރިން ކުޅެފައިވެއެވެ.

28 ޖޫން 2019ވާ ހުކުރު ދުވަހުގެ ހެނދުނު ގުރޫޕް "އޭ" އަދި ގުރޫޕް "ބީ" ގެ މެޗުތައް ކުޅެވިގެންދާނެއެވެ. އަދި 29 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ގުރޫޕް "ސީ" އަދި ގުރޫޕް "ޑީ" ގެ މެޗުތައް ކުޅޭއިރު، ހަމަ އެދުވަހުގެ ހަވީރު ސެމީ އަދި ފައިނަލްގެ މެޗުތައް ކުޅެވިގެންދާނެއެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ ދޭއިރު، ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ކަނޑަ އެޅިފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކްލަބު ޓީނޭޖްއިން ވަނީ ބްރެޒިލްގައި ބޭއްވުނު ވޯލްޑް ފައިނަލްސްގައި ވާދަކޮށް ގަދަ 16 ޓީމުގެ ތެރޭގައި ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް