ކ. މާލެ
|
26 ޖޫން 2019 | ބުދަ 17:46
މާފަންނު ސްޓޭޑިއަމް
މާފަންނު ސްޓޭޑިއަމް
ޔޫޓިއުބް
ޓާރފް ދަނޑު
މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ހަމަޖައްސައިފި
 
ކުރިން ނަގަމުން ދިޔައީ 500 ރުފިޔާއާ 2000 ރުފިޔާއާ ދެމެދުގެ ފީއެއް
 
ކޮންމެ ދުވަހެއްގެ 14:00 އިން ފެށިގެން 18:00 އަށް ދަނޑު ދޫކޮށްފައިވަނީ އެފްއޭއެމްއަށް
 
ޓާރފް ދަނޑު ކުރިން ދޫކުރަމުން ދިޔައީ ވަކި އަދަދެއްގެ ފީއެއް ނަގައިގެން

ގަޑިއަކަށް ވަކި އަދަދެއްގެ ފީއެއް ނަގައިގެން ދޫކުރަމުން ދިޔަ ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ނިންމައިފިއެވެ.

ޔޫތުމިނިސްޓަރ އަހުމަދު މަހްލޫފް ބުދަ ދުވަހު ކުރައްވައިފައިވާ ޓްއީޓެއްގައި ވިދާޅުވީ މާފަންނު ސްޓޭޑިއަމްގައި ގަޑިއިރަކަށް ވަކި އަދަދަކަށް ފީއެއް ނަގައިގެން ދޫކުރަމުން ދިޔަ ޓާރފް ދަނޑު ޖޫންމަހުގެ 26 ވާ ބުދަ ދުވަހުން ފެށިގެން ހިލޭ އެތަން ބޭނުންވާ ފަރާތްތަކަށް ދޫކުރަމުން ދާނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ވެސް 14:00 އިން ފެށިގެން 18:00 އަށް ދަނޑު ދޫކޮށްފައިވަނީ މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން ( އެފްއޭއެމް) އަށް ކަމަށާއި އަދި އެހެން ގަޑިތަކުގައި އެތަނުގައި ކުޅެން ބޭނުންވާ ފަރާތްތަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިއަދާއި ހަމައަށް ޓާރފް ދަނޑު ދޫކުރަމުން ގޮސްފައިވަނީ ގަޑިއަކަށް 500 ރުފިޔާއިން ފެށިގެން 2000 ރުފިޔާއާއި ދެމެދުގެ ފީއެއް ނަގަމުންކަން ފާހަގަ ކޮށްލެވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް