ކ. މާލެ
|
26 ޖޫން 2019 | ބުދަ 00:12
މަތައިސް ޑެލައިޓް
މަތައިސް ޑެލައިޓް
ގެޓީ އިމޭޖަސް
މަތައިސް ޑެލައިޓް
ޑެލައިޓް ހޯދުމާ ގާތަށް ޔުވެންޓަސް ޖެހިލައިފި
 
ޑެލައިޓް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

އަޔަކްސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރ މަތައިސް ޑެލައިޓް ހޯދުމާ ގާތަށް ޔުވެންޓަސް ޖެހިލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް، ޑެލައިޓް ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުން އޭނާ ހޯދުމާ ވަރަށް ގާތްކޮށްފައިވާ ކަމަށެވެ.

އުމުރުން 19 އަހަރުގެ ޑެލައިޓް ނިމިދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަޔަކްސްއަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން މި ފަހަރުގެ މުބާރާތުގައި ހޯދާފައެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ގިނަ ކްލަބްތަކުން ޑެލައިޓް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ އިތުރުން ޕީއެސްޖީ އާއި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތައް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަޔަކްސްއިން ޑެލައިޓް ވިއްކާލަން ބޭނުމެއް ނުވެއެވެ. ނަމަވެސް ޑެލައިޓް ބޭނުން ވަނީ އަޔަކްސް ދޫކޮށް ބާސާއަށް ބަދަލުވެ، އެ ކްލަބާ އެކު ކާމިޔާބު ހޯދަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޔަކްސްއަށް 2016 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ޑެލައިޓް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 112 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު މި ސީޒަނުގައި ޑަޗް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބު ކޮށްފައިވާ ޑެލައިޓް ވަނީ ނެދަލޭންޑްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
0%
67%
0%
0%
ކޮމެންޓް