ކ. މާލެ
|
24 ޖޫން 2019 | ހޯމަ 23:09
އާޓޫރޯ ވިޑާލް
އާޓޫރޯ ވިޑާލް
ގެޓީ އިމޭޖަސް
އާޓޫރޯ ވިޑާލް
ޗައިނާގެ ހުށަހެޅުން ރިޖެކްޓްކޮށް ވިޑާލް ބާސާގައި މަޑުކުރަނީ
 
ވިޑާލް ބާސާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ޗައިނާގެ ކްލަބަކުން ބާސެލޯނާއަށް ކުޅެމުން އަންނަ އާޓޫރޯ ވިޑާލް ހޯދުމަށް ހުށަހެޅި ހުށަހެޅުން އޭނާ ރިޖެކްޓްކޮށް، ބާސާގައި މަޑުކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ވިޑާލް ހޯދުމަށް ޗައިނާގެ ކްލަބަކުން ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ވިޑާލް ބޭނުންވަނީ އެ ހުށަހެޅުން ރިޖެކްޓްކޮށް، ބާސާއާއެކު ކާމިޔާބު ހޯދަން ކަމަށެވެ.

އުމުރުން 32 އަހަރުގެ ވިޑާލް މިވަގުތު ޗިލީ ގައުމީ ޓީމާއެކު ބްރެޒިލްގައި ކޮޕަ އެމެރިކާ މުބާރާތް ކުޅެމުން އަންނައިރު، އޭނާ ހޯދުމަށް ޗައިނާގެ ކްލަބްތަކުގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސާއާއެކު ވިޑާލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ބާސާ ދޫކޮށްލާނެކަމަށް ނުބެލެވެއެވެ.

މީގެކުރިން ޔުވެންޓަސް އަދި ބަޔާން މިއުނިކަށް ވެސް ކުޅެފައިވާ ވިޑާލް ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 53 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ލަލީގާ އާއި ސްޕެނިޝް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.

ބަޔާންއާއެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައިވާ ވިޑާލް ވަނީ ޔުވެންޓަސްއާއެކު ހަތަރު ލީގު ތަށި ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ހޯދާފައެވެ.

ވިޑާލް ވަނީ ޗިލީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 105 މެޗުގައި 26 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެޓީމާއެކު ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

ޗިލީގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައިވާ ވިޑާލް ވަނީ ބޭރު ގައުމެއްގައި ކުޅޭ ޗިލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެއްފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް