ކ. މާލެ
|
24 ޖޫން 2019 | ހޯމަ 19:52
ފްރޭންކް ލަމްޕާޑް
ފްރޭންކް ލަމްޕާޑް
އެޑްމިން
ފްރޭންކް ލަމްޕާޑް
މި ހަފްތާގައި ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވަނީ
 
ލަމްޕާޑް ކޯޗިން ކެރިޔަރު ފެށީ 2018 ވަނަ އަހަރު ޑާބީ ކަންޓްރީން

މި ހަފްތާ ތެރޭގައި ޗެލްސީގެ ކޯޗުކަމާ އެ ކްލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަވާލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިވެނިންގ ސްޓޭޑާޑުން ބުނީ، ޗެލްސީގެ ކޯޗެއްގެ ގޮތުގައި ލަމްޕާޑް މި ހަފްތާ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި އެކަން ޔަގީންވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީއަށް އާ ކޯޗެއް ހޯދަން މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި މައުރީޒިއޯ ސާރީ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި ޔުވެންޓަސްއަށް ބަދަލުވުމާއެކުގައެވެ.

މިވަގުތު ޑާބީ ކަންޓްރީގެ ކޯޗެއްގެ ގޮތުގައި ހުރި ލަމްޕާޑް ހުރިއިރު، އޭނާ ހޯދުމަށް ޗެލްސީގެ އިތުރުން އެހެން ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަމްޕާޑް އޭނާގެ ކޯޗިން ކެރިޔަރު ފަށާފައި ވަނީ މިހާރު ކޯޗުކޮށްދެމުން އަންނަ ޑާބީ ކަންޓްރީން 2018 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ކްލަބް ކުޅުނު 56 މެޗުގެ ތެރެއިން 24 މެޗުން މޮޅުވެފައިވާއިރު، 15 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 17 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
40%
60%
0%
0%
0%
0%
ކޮމެންޓް