ކ. މާލެ
|
24 ޖޫން 2019 | ހޯމަ 18:59
ރަފައެލް ބެނިތޭޒް
ރަފައެލް ބެނިތޭޒް
ގެޓީ އިމޭޖަސް
ރަފައެލް ބެނިތޭޒް
ބެނިތޭޒް ނިއުކާސަލް ދޫކޮށްލައިފި
 
ބެނިތޭޒްގެ އެއްބަސްވުން މި މަހު 30 ގައި ހަމަވޭ

ނިއުކާސަލްގެ ކޯޗުކަމުން ރަފާ ބެނިތޭޒް ވަކިވެއްޖެއެވެ.

ބެނިތޭޒް ކްލަބް ދޫކޮށްލިކަން ނިއުކާސަލްއިން ވެސް ހާމަކޮށްފައިވާއިރު، އެ ކްލަބުން ވަނީ އޭނާ ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކާލަސް ދޫކޮށްލަން ބެނިތޭޒް ނިންމީ އެ ކްލަބާއެކު އާ އެއްބަސްވުމަކަށް ނާދެވިގެންނެވެ. އޭނާ ނިއުކާސަލްއާއެކު ހެދި އެއްބަސްވުން މި މަހުގެ 30 ވަނަ ދުވަހު ހަމަވާނެއެވެ.

ބެނިތޭޒް ނިއުކާސަލް ދޫކޮށްލުމާއެކު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އޭނާ ހޯދުމުގެ ރޭހުގައި ސްޕެއިން އަދި އިނގިރޭސި ކްލަބްތައް ހިމެނެއެވެ.

ރެއާލް މެޑްރިޑްގެ ޔޫތު ޓީމުން 1993 ވަނަ އަހަރު ކޯޗިން ކެރިޔަރު ފެށި ބެނިތޭޒް ވަނީ ސްޕެއިންގެ ބައެއް ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އެގޮތުން ބެނިތޭޒް ވަނީ ވެލެންސިއާއާއެކު ދެ ލަލީގާ އަދި އެއް ޔުއެފާ ކަޕް ކާމިޔާބުކުރުމުގެ އިތުރުން ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕާއި، ޔުއެފާ ސުޕަ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ބެނިތޭޒް ވަނީ ޗެލްސީއާއެކު ޔޫރޮޕާ ލީގު އަދި ނަޕޯލީއާއެކު ކޮޕަ އިޓަލިއާ އަދި އިޓާލިއަން ސުޕަކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ނިއުކާސަލްއާއެކު ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.

ލަލީގާގެ އެންމެ މޮޅު ކޯޗު 2002 ވަނަ އަހަރު ހޯދާފައިވާ ބެނިތޭޒް ވަނީ ޔުއެފާގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ސީޒަނެއްގައި ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު