ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 18:13
ޑެނީ އަލްވޭސް
ޑެނީ އަލްވޭސް
ގޯލް.ކޮމް
ޑެނީ އަލްވޭސް
ޕީއެސްޖީ ދޫކޮށްލާކަން އަލްވޭސް އިއުލާންކޮށްފި
 
އަލްވޭސް ވަނީ ޕީއެސްޖީއަށް ކުޅުނު 73 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލާކަން އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް އިއުލާން ކޮށްފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، ޑެނީ އަލްވޭސް ބުނީ ޕީއެސްޖީއާއެކު އޭނާ ހޭދަކުރަމުން އައި ދުވަސްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އަނެއްކާ ވެސް އާ ކަންތައްތަކެއް ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

ޕީއެސްޖީ ދޫކޮށްލާކަން އަލްވޭސް އިއުލާންކުރި ނަމަވެސް، އޭނާ ބަދަލުވާ ކްލަބެއް ހާމައެއް ނުކުރެއެވެ. އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލްވޭސް ވަނީ އޭނާއަށް ޕީއެސްޖީގެ ކުޅުންތެރިންނާއި، މުވައްޒަފުން އަދި ސަޕޯޓަރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވަނީ މުސްތަގުބަލުގައި ކްލަބަށް ކާމިޔާބީއަށް ވެސް އެދިފައެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާއަށް ބަދަލުވި މިހާރު އުމުރުން 36 އަހަރުގެ ޑެނީ އަލްވޭސް ވަނީ އެޓީމުގައި ހޭދަކުރި 8 ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބު ކޮށްފައިވާ އަލްވޭސް ޔުވަންޓަސް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 33 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޔުވަންޓަސް ދޫކޮށް 2017 އަހަރު އަލްވޭސް ބަދަލުވީ ޕީއެސްޖީ އަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 73 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އަލްވޭސް ވަނީ މިހާތަނަށް ޕީއެސްޖީއާއެކު ފްރެންޗް ލީގު، ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
30%
20%
0%
10%
0%
40%
ކޮމެންޓް