ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 14:40
ބްރެޒިލް
ބްރެޒިލް
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ގާނާ އަދި މަޑަގަސްކަރާ މެޗް އެއްވަރު ވެގެން ނިމިއްޖެ
 
ގާނާ އަދި މަޑަގަސްކަރާ މެޗް އެއްވަރު ވީ 2-2 ކުން

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާ އަދި މަޑަގަސްކަރާ ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ގުރޫޕް ބީގައި ހިމެނޭ ދެ ޓީމު ކަމަށްވާ ގާނާ އަދި މަޑަގަސްކަރާ ކުޅުނު މި މެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މިސްރުގެ އެލެކްސެންޑްރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ގާނާއިންނެވެ. އެ ގޮތުން ގިނަ ވަގުތު ބޯޅަ ހިފަހަށްޓައި ގިނަ ހަމަލާތަކެއް ގޯލާ އަމަޒުކޮށް ގާނާ އިން ވަނީ ފޮނުވާލައިފައެވެ.

އެގޮތުން މެޗުގެ 34 ވަނަ މިނެޓްގައި ގާނާ އިން ވަނީ ލަނޑުޖަހާ، ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަބާއެވެ.

މި ލަނޑާ އެކު މެޗުގެ ފުރަތަމަ ހަފް ނިމިގެންދިޔައީ ގާނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މަޑަގަސްކަރާއިން ފެށީ ވަރުގަދަ އެޓޭކްތަކާ އެކުއެވެ. އެގޮތުން ލިބުނު ކޯނަރެއްގެ އެހީގައި މަޑަގަސްކަރާއިން ވަނީ ލަނޑެއް ޖަހާ 1-1 ނަތީޖާ ބަދަލު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ، އެންޑިރިއާންއެންޓިނޭނާއެވެ.

މަޑަގަސްކަރާގެ ލަނޑަށް ފަހު ގާނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މަޑަގަސްކަރާގެ ގޯލައް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓްގައި ގާނާގެ އެންޑިރިއާމަހީޓިސިނޯރޯ ވަނީ ލަނޑުޖަހާ 2 ވަނަ ފަހަރަށް ގާނާއަށް ލީޑު ނަގައިދީފައެވެ.

ގާނާއިން ލަނޑު ޖެހިތާ 11 މިނެޓް ފަހުން މަޑަގަސްކަރައިން ވަނީ ގޯލް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ނަތިޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަމަނޯއެވެ.

މި ގޯލަށް ފަހު ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ.

މި ނަތީޖާއާ އެކު، ގްރޫޕް 'ބީ'ގެ އެއްވަނައިގައި ނައިޖީރިއާ އޮތީ ތިން ޕޮއިންޓާ އެކުއެވެ. ދެވަނަ އަދި ތިން ވަނައިގައި ގާނާ އަދި މަޑަކަސްކަރާ އޮތީ އެއް ޕޮއިންޓާ އެކުއެވެ. އަދި ގުރޫޕްގެ ފުލުގައި އޮތީ ބުރުންޑީއެވެ.

33%
0%
0%
33%
0%
33%
ކޮމެންޓް