ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 10:47
ބްރެޒިލް - ކޮޕާ އެމެރިލާ
ބްރެޒިލް - ކޮޕާ އެމެރިލާ
ގޯލް.ކޮމް
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ބްރެޒިލް އިން ޕެރޫ ލަދު ގަންނަވާލައިފި
 
ޕެރޫގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދީ 5-0 ގެ ނަތީޖާއަކުން

ކޮޕާ އެމެރިކާގައި ތަފާތު ބޮޑު ނަތީޖާއަކުން ޕެރޫގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދައިފިއެވެ.

ޕެރޫއާ ދެކޮޅަށް ބްރެޒިލް އިން ކުޅުނު މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ބްރެޒިލް އިން ކުޅުނު މި މެޗްގެ 12 ވަނަ މިނެޓުގައި ބްރެޒިލްއިން ވަނީ ލިބުނު ކޯނަރެއްގެ ބޭނުން ހިފާ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މިޑްފިލްޑަރ ކެސެމީރޯއެވެ.

މި ލަނޑަށް ފަހު ވެސް ބްރިޒިލް އިން ވަނީ މޮޅު ކުޅުމެއް ކުޅެ ޕެރޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެ ގޮތުން މެޗުގެ 19 ވަނަ މިނެޓްގައި ލިވަރޕޫލްގެ ފޯވާޑް ފިރިމީނޯ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްދީފައެވެ.

ދެވަނަ ގޯލަށް ފަހު ޑިފެންސަށް ވިސްނައިގެން ކުޅުނު ޕެރޫއިން ކައުންޓަރ އެޓޭކްތަކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލް އިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރުމެވެ.

ބްރެޒިލް އިން ދެވަނަ ހާފް ފަށާފައި ވަނީ ވެސް ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެގޮތުން ދެވަނަ ހާފް ބްރެޒިލް އިން ފެށީ ވަރުގަދަ އެޓޭކްތަކަކާ އެކުގައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

މި ލަނޑަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެށް ފެނުނު ކަމުގައި ވީ ނަމަވެސް މެޗު ނިމުމުގެ ކުރިން ބްރެޒިލްގެ ވިލިއަމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލު ކޮށްފައެވެ.

މި ނަތީޖާއާ އެކު ބްރެޒިލް އިން ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލައް ދަތުރު ކޮށްފައެވެ. ކުއާޓާ ފައިނަލްގައި ބްރެޒިލް ބައްދަލު ކުރަން ޖެހޭނީ ގްރޫޕް 'ބީ' ނުވަތަ 'ސީ' އިން ތިން ވަނަ އަށް ދާ ޓީމާއެވެ.

Advertisement
0%
83%
0%
0%
0%
17%
ކޮމެންޓް