ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 10:34
ހަމޭސް ރޮޑްރިގޭޒް
ހަމޭސް ރޮޑްރިގޭޒް
ގެޓީ އިމޭޖަސް
ހަމޭސް ރޮޑްރިގޭޒް
ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ހަމޭސް ދޫކޮށްލަން ރެއާލުން ދެކޮޅު!
 
ހަމޭސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ރެއާލައް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިޔާގެ މިޑްފިލްޑަރ ހަމޭސް ރޮޑްރިގޭޒް ލޯނު އެއްބަސް ވުމެއްގެ ދަށުން ނަޕޯލީއަށް ދޫކޮށްލުމަށް ރެއާލުން ދެކޮޅު ހަދައިފި ކަމަށް ރިޕޯޓްތައް ބުނެފި.

ރިޕޯޓްތައް ބުނާ ގޮތުން ނަޕޯލީން އަންނަނީ ލޯން އެއްބަސްވުމެއްގެ ދަށުން ހަމޭސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރެއާލުން ބޭނުންވަނީ ހަމޭސް ދާއިމީ ގޮތެއްގައި ވިއްކާލުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލްއިން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް 2017 ވަނަ އަހަރުގެ ސީޒަނުގައި ދޫކޮށްފައިވާ ހަމޭސް ވަނީ ބަޔާންއާއެކު ދެ އަހަރު ހޭދަކޮށްފައެވެ. ބަޔާންގައި ހަމޭސް ހޭދަކުރަންޖެހޭ މުއްދަތު ހަމަވެފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނަށް ރެއާލްއަށް އަލުން ބަދަލުވާނެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ހަމޭސް ވިއްކާލަން ރެއާލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

ބަޔާން އަށް ކުޅުނު 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
100%
0%
0%
0%
ކޮމެންޓް