ކ. މާލެ
|
21 ޖޫން 2019 | ހުކުރު 11:38
ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް
ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް
ގޫގުލް
ރިއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ކަސްޓިލީއާ ކޯޗަކ
ރެއާލް މެޑްރިޑް ކަސްޓިލާގެ ކޯޗަކަށް ރައުލް
 
ރައުލް ވަނީ ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި

ރެއާލް މެޑްރިޑް ކަސްޓިލާގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރައުލް ހަމަޖައްސައިފިއެވެ.

ކުރިޔަށް އޮތް ސީޒަނުގައި ކަސްޓިލާގެ ކޯޗުކަމާ ރައުލް ހަވާލުވާކަން އެކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުޅުން ހުއްޓާލުމަށްފަހު، ރައުލް ވަނީ ކޯޗެއްގެ ގޮތުގައި ކެޑެޓްބީ ޓީމު އަދި ޖުވެނަލްބީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ. ކަސްޓިލާއަކީ ސެގުންޑާގެ ބީ ޑިވިޝަންގެ ޓީމެކެވެ.

މިވަގުތު ރެއާލްގެ ކޯޗުކަމާއި ހަވާލުވެ ހުރި ޒައިނުއްދީން ޒިދާންގެ ކޯޗިންގް ކެރިއަރު ފެށި ޓީމަކީވެސް ކަސްޓިލާއަށްވާއިރު، ރެއާލްގެ ކުރީގެ ކޯޗު ސޮލާރީގެ ކެރިއަރު ފެށި ޓީމަކީވެސް މެޑްރިޑްގެ ކާސްޓިލާއެވެ.

ރައުލް އޭނާގެ ފުޓުބޯޅަ ކެރިޔަރު ޔޫތު ޓީމުން ފެށިގެން ސީނިއާ ލެވެލްއާ ހިސާބަށް ހޭދަކޮށްފައިވަނީ ރެއާލްގައެވެ. އެގޮތުން މެދުނުކެނޑި 16 އަހަރު ރެއާލްގައި ރައުލް ވަނީ ހޭދަކޮށްފައެވެ. އޭނާ ވަނީ މެދު ނުކެނޑި އެޓީމަށް 1994 އިން 2010 ވަނަ އަހަރާ ހަމަޔަށް އެޓީމަށް ކުޅެފައެވެ.

ރެއާލްއާއެކު ރައުލް ވަނީ ހަ ލަލީގާ އަދި ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ރައުލް އަކީ ފަސް ވަނައަށް އެންމެ ގިނަ ލަނޑު ލަލީގާގައި ޖެހި ކުޅުންތެރިޔާއެވެ. އަދި އެންމެ ގިނަ ލަނޑު ޔޫރަޕްގެ ލީގުގައި ޖަހާފައިވާ ސްޕޭންގެ ކުޅުންތެރިޔަކީވެސް ރައުލްއެވެ.

ރައުލް ވަނީ ސްޕެއިން ގައުމީ ޓީމަށް ކުޅުނު 102 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
100%
0%
ކޮމެންޓް