ކ. މާލެ
|
19 ޖޫން 2019 | ބުދަ 09:37
ޕެރޫ އަދި ބޮލީވިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ޕެރޫ އަދި ބޮލީވިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ކޮޕަ އެމެރިކާ
ކޮޕަ އެމެރިކާ: ޕެރޫ މޮޅުވިއިރު، ވެނެޒުއޭލާއިން ބްރެޒިލް ހިފަހައްޓައިފި
 
ބޮލީވިއާގެ މައްޗަށް ޕެރޫ ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
 
ޕެރޫ އަދި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

ކޮޕަ އެމެރިކާގައި ޕެރޫ މޮޅުވިއިރު، ވެނެޒުއޭލާ އިން ބްރެޒިލް ހިފަހައްޓައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އޭގައި ކުޅުނު މެޗުން ޕެރޫ މޮޅުވީ ބޮލީވިއާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޕެރޫއިންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޮލީވިއާއިންނެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މާޓިންސްއެވެ.

މި ލަނޑާ އެކު ޕެރޫއިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށް ބޮލީވިއާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ގުއެރޯ ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ޕެރޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް އެ ޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ.

ޕެރޫއިން މެޗުގެ ލީޑު ނެގީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރްފާންއެވެ. މެޗުގެ އިތުރުވަގުތުގައި ޕެރޫގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފްލޮރެސްއެވެ.

މި ގްރޫޕްގައި ހިމެނޭ ބްރެޒިލް އަދި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބްރެޒިލްގެ ފަރާތުން އެޓޭކިންގ ފުޓުބޯޅައެއް ފެނިގެންދިޔަ ނަމަވެސް، ވެނެޒުއޭލާއިން ވަނީ މޮޅު ޑިފެންސެއް ކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ ބްރެޒިލްއިން އުފެއްދި ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ.

މެޗުގައި ބްރެޒިލްގެ ފަރާތުން 12 ހަމަލާއެއް ފެނިގެންދިޔައިރު، ގޯލާ އަމާޒުވެފައި ވަނީ އެންމެ ހަމަލާއެކެވެ. އަދި ވެނެޒުއޭލާގެ ފަރާތުން ހަތަރު ހަމަލާއެއް ފެނިގެންދިޔައިރު، ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރ ފިލިޕޭ ކުޓީނިއޯއެވެ.

ގްރޫޕް އޭގެ އެއްވަނައިގައި ބްރެޒިލް އޮތްއިރު، އެ ޓީމުން ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި ބްރެޒިލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ބްރެޒިލް އޮތްއިރު، ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތީ ވެނެޒުއޭލާއެވެ. އަދި ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ބޮލީވިއާއެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ގަދަ ދެޓީމަށެވެ. ތިންވަނަ ޓީމު ދެވަނަ ބުރަށް ދިޔުމަށް ކޮލިފައިން ކުޅެން ޖެހޭއިރު، ފުލަށްދާ ޓީމު ކަޓާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް