ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 19:28
އެޑްރިއަން ރަބިއޮޓް
އެޑްރިއަން ރަބިއޮޓް
ގެޓީ އިމޭޖަސް
އެޑްރިއަން ރަބިއޮޓް
ޔުވެންޓަސްއަށް ބަދަލުވާން ރަބިއޮޓް އެއްބަސްވެއްޖެ
 
ރަބިއޮޓްގެ އެއްބަސްވުން މި މަހަށްފަހު ހަމަވާނެ

ޔުވެންޓަސްއަށް ބަދަލުވާން ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓްރަލް މިޑްފިލްޑަރ އެޑްރިއަން ރަބިއޮޓް އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ޔުވެންޓަސްއަށް ބަދަލުވާން ރަބިއޮޓް އެއްބަސްވެފައިވާ ކަމަށާއި، މި ހަފްތާ ތެރޭގައި އޭނާގެ ޓްރާންސްފާގެ ކަންކަން ނިމިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަބިއޮޓް ޔުވެންޓަސްއަށް ބަދަލުވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާ އެ ކްލަބަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މަހަށްފަހު ޔުވެންޓަސްއާއެކު ރަބިއޮޓް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ޔުވެންޓަސްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުވެސް ހިމެނެއެވެ.

ޕީއެސްޖީން 2012 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ރަބިއޮޓް ވަނީ އެ ކްލަބަށް މިހާތަނަށް ހަތް ސީޒަން ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 227 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީއާއެކު ފަސް ލީގު ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 24 އަހަރުގެ ރަބިއޮޓް ވަނީ އެ ކްލަބާއެކު ހަތަރު ސުޕަކަޕް އަދި ފަސް ލީގް ކަޕް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ އެކި އުމުރުފުރާތަކުގެ ޓީމުތަކަށް ކުޅެފައިވާ ރަބިއޮޓް ވަނީ ފްރާންސްގެ ސީނިއާ ޓީމަށް ހަ މެޗު މިހާތަނަށް ކުޅެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް