ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 19:26
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕައުލް ޕޮގްބާ
ޔުވެންޓަސްއިން ޕޮގްބާ ހޯދުމަށް 140 މިލިއަން ޔޫރޯ ހުށަހަޅަނީ
 
ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ހޯދުމަށް 140 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުވެންޓަސްއިން އެންމެ ގެންނަން ބޭނުންވަނީ ޕޮގްބާ ކަމަށާއި، އޭނާ ހޯދުމަށް އެ ކްލަބުން 140 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޕޮގްބާ ހޯދަން ޔުވެންޓަސްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން26 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 135 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 66 މެޗު ކުޅެ 10 ލަނޑު ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
0%
50%
ކޮމެންޓް