ކ. މާލެ
|
17 ޖޫން 2019 | ހޯމަ 18:27
އާޓޫރޯ ވިޑާލް
އާޓޫރޯ ވިޑާލް
ގެޓީ އިމޭޖަސް
އާޓޫރޯ ވިޑާލް
ވިޑާލް ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރަނީ
 
ވިޑާލްގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބާސެލޯނާއަށް ކުޅެމުން އަންނަ ޗިލީގެ މިޑްފިލްޑަރ އާޓޫރޯ ވިޑާލް ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުންޑޯ ޑިޕޯޓިވޯއިން ބުނީ، މި ޓްރާންސްފާގައި ވިޑާލް ހޯދުމަށް ޗައިނީޒް ސުޕަ ލީގުގެ ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ކްލަބެއްކަން އެ ނޫހުން ބުނެފައެއް ނުވެއެވެ.

އުމުރުން 32 އަހަރުގެ ވިޑާލް މިވަގުތު ޗިލީ ގައުމީ ޓީމާއެކު ބްރެޒިލްގައި ކޮޕަ އެމެރިކާ މުބާރާތް ކުޅެމުން އަންނައިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސާއާއެކު ވިޑާލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ބާސާ ދޫކޮށްލާނެކަމަށް ނުބެލެވެއެވެ.

މީގެކުރިން ޔުވެންޓަސް އަދި ބަޔާން މިއުނިކަށްވެސް ކުޅެފައިވާ ވިޑާލް ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 53 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ލަލީގާ އާއި ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފައެވެ.

ބަޔާންއާއެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައިވާ ވިޑާލް ވަނީ ޔުވެންޓަސްއާއެކު ހަތަރު ލީގު ތަށި ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ހޯދާފައެވެ.

ވިޑާލް ވަނީ ޗިލީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 105 މެޗުގައި 26 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެޓީމާއެކު ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

ޗިލީގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައިވާ ވިޑާލް ވަނީ ބޭރު ގައުމެއްގައި ކުޅޭ ޗިލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެއްފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް