ކ. މާލެ
|
1 މާރޗް 2017 | ބުދަ 03:55
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
ރާއްޖެއެމްވީ
އުރީދޫ
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
 
އުރީދޫ ހިމެނެނީ މި ލިސްޓުގެ 47 ވަނައިގައ

ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ތެރެއިން ގަދަ 50 ގެ ތެރޭގައި އުރީދޫގެ ނަން ހިމެނިއްޖެއެވެ.

 

ބްރޭންޑް ފައިނޭންސްއިން ޝާއިއުކުރި "ޓެލެކޮމްސް 500 2017" ރިޕޯޓުގައި މި 500 ޓެލެކޮމް ބްރޭންޑު ރޭންކު ކުރުމަށް މި ގޮތް ބޭނުންކޮށްފައިވާއިރު، އުރީދޫ ހިމެނެނީ މި ލިސްޓުގެ 47 ވަނައިގައެވެ.

 

ޓެލެކޮމް ބްރޭންޑުތައް ރޭންކު ކޮށްފައިވަނީ އެ ބްރޭންޑުތަކުގެ މާކެޓިން އިންވެސްޓްމަންޓް، ކުންފުނީގެ އިޚްލާސްތެރިކަމާއި، މުވައްޒަފުންގެ ހިތްހަމަޖެހުން އަދި ވިޔަފާރި ދުނިޔޭގައި ލިބިގެންވާ ގަދަރުގެ މައްޗަށް ބިނާކޮށް ޓެލެކޮމް ބްރޭންޑުގެ ވަރުގަދަކަން ބަލައިގެންނެވެ.

 

ޓެލެކޮމް ކުންފުނިތަކުގެ ތެރެއިން އުރީދޫއަކީ އެންމެ ބާރުމިނުގައި ކުރިއަރަމުން އަންނަ ޓެލެކޮމް ބްރޭންޑެވެ. އުރީދޫއިން ވަނީ ބްރޭންޑުގެ އަގު 2016 އިން 2017 އާ ދެމެދު %48 އިތުރުކޮށްފައެވެ.

 

އޭގެއިތުރުން, 2013 ވަނަ އަހަރު މިޑްލް އީސްޓަށާއި, ނޯތް އެފްރިކާ އަދި ސައުތުއީސްޓް އޭޝިއާއަށް ރީބްރޭންޑް ކުރުމަށްފަހު, އުރީދޫއިންވަނީ އޭރު ބްރޭންޑުގެ ވެލިއުގެ ގޮތުގައި ހުރި 1 ބިލިއަން ޑޮލަރު 3 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.

 

ޖުމްލަ 138 މިލިއަން ކަސްޓަމަރުންނަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު, އުރީދޫއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ބްރޭންޑެކެވެ. އުރީދޫއިން އިންޓަނެޓުގެ ޙިދުމަތްތަކުން އެކަނިވެސް %40 އިތުރު ރެވެނިއު މިދިޔަ އަހަރުތެރޭގައި ލިބިފައިވާ ކަމަށާއި, މިއީ މިކުންފުންޏަށް ރިކޯޑެއްކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

ދުނިޔޭގައި އިންޓަނެޓުގެ ހިދުމަތް ފުރިހަމަކުރުމުއި އިސްރޯލެއް ކުޅެދިނުމުގެ ގޮތުން އުރީދޫއިން ވަނީ ދުނިޔޭގެ ފެންވަރުގެ ނެޓްވާރކްކުތައް ހެދުމަށް އިންވެސްޓުކޮށްފައެވެ. އަދި  5ޖީ ގެ ހިދުމަތްތައް ތައާރަފް ކުރުމަށް އުރީދޫއިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް