ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 23:13
އައްޑޫ ސިޓީ ހެރެތެރެ ރިސޯޓްގެ އޭރިއަލް ވިއުއެއް
އައްޑޫ ސިޓީ ހެރެތެރެ ރިސޯޓްގެ އޭރިއަލް ވިއުއެއް
ގޫގުލް
އިންޓަގްރޭޓެޑް ޓޫރިޒަމް
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
 
މި ފޯރަމް ބޮޑަށް އަމާޒު ކުރެވެނީ މެދު ފަންތީގެ ޓޫރިޒަމަށް
 
"އައްޑޫ އިންވެސްޓާސް" ފޯރަމް ބާއްވަން އޮތީ މާޗްމަހު

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން އައްޑޫ ސިޓީގައި މާޗްމަހު ބާއްވަން ހަމަޖެއްސި "އައްޑޫ އިންވެސްޓާސް" ފޯރަމް ފަސްކޮށްފިއެވެ.

 

ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ،ފޯރަމް ފަސްކުރެވިފައިވާ ވާހަކަ ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަވެ. އެހެންނަމަވެސް މި ފޯރަމް ފަސްކުރި ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

 

އައްޑޫ އިންވެސްޓާސް ފޯރަމަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީން) ބުނެއެވެ.

 

އެގޮތުން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް