އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ރަސްމަލާއީ

  • އިންޑިއާގެ ތަފާތު ރަހައެއް، ވަރަށް ގިނަ މީހުންގެ ފޭވަރިޓެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 29 މެއި 2019 | ބުދަ 22:32 2,276

ރަސްމަލާއީ - ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

1 ދަޅު ރަސްގުއްލާ

1 ލީޓަރ ކިރު (ފުލް ކްރީމް)

10 ޕިސްޓާޗިއޯ

1/4 ސައިސަމްސާ ސެފްރަން

1/2 ސައިސަމްސާ މުގުރި ކާފޫރުތޮޅި

200 ގުރާމް ހަކުރު

1 ފިނިފެންމަލުގެ ފިޔަތައް

ތައްޔާރު ކޮށްލާނެ ގޮތް:

ދަޅުގައި ހުރި ރަސްގުއްލާކޮޅުން ހަކުރު ފަނި ރަނގަޅަށް ފެލާލާށެވެ.

ރަސްގުއްލާ ތަކުގައި އެއްވެސް ވަރަކަށް ހަކުރު ފަނި ނުހުންނާނެ ވަރަށް ފެލާފައި އެއްކައިރި ކޮށްލާށެވެ.

ތެއްޔެއްގައި ކިރުފޮދާއި ސެފްރަން ކައްކާލާށެވެ.

ދެން ކިރުފޮދު ގެ އެއްބައި ހިނދެންދެން ކައްކާލާށެވެ. އެއަށްފަހު ހަކުރު އަދި ކާފޫރުތޮޅި އެއްކޮށްލާފައި، 10 މިނެޓުވަންދެން ކައްކާލާށެވެ.

ކިރުފޮދު އޮލަވާން ފެށުމުން އުނދުން ނިވާލާފައި ރަސްގުއްލާ މައްޗަށް އަޅާލާށެވެ.

މީގެ މައްޗަށް ޕިސްޓާޗިއޯ ކޮޅު ކޮށާލާފައި، ފިނިފެން މަލުގެ ފިޔަ އަޅާލާށެވެ.

ދެން ރަސްގުއްލާތައް ފޯވަންދެން ފްރިޖަށް ލާށެވެ. ބޮޑަށް ރަނގަޅީ 12-10 ގަޑިއިރު ވަންދެން ބެހެއްޓިއްޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް