ކ. މާލެ
|
29 މެއި 2019 | ބުދަ 22:30
ސެވިޔާ ކީރް
ސެވިޔާ ކީރް
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ސެވިޔާ ކީރް
 
އީދަށް ތައްޔާރު ކޮށްލަން ވަރަށް މީރު ޑިޝްއެއް

ބޭނުންވާ ތަކެތި:

10 ކެޝޫ ނަޓު

10 ހިކި މޭބިސް ކަދުރު

10 އަލްމަންޑް

ބައި ޖޯޑު ވާމަސެލީ (ހަނާކޮށްލާފައި)

3 ޖޯޑު ކިރު

1 ޖޯޑު ގެރި ކިރު

1/4 ސައިސަމްސާ ސެފްރަން

ބައި ސައިސަމްސާ މުގުރި ކާފޫރުތޮޅި

1 ފިނިފެންމަލުގެ ފިޔަ

ތައްޔާރު ކޮށްލުމަށް:

އެންމެ ފުރަތަމަ އަލްމަންޑް އަދި ކެޝޫ ނަޓު ތަވައެއްގައި ހަނާކޮށްލާށެވެ.

ދެން ކިރުފޮދު ކައްކާލާފައި ވާމަސެލީ މަޑުވެލަންދެން ކައްކާލާށެވެ.

ކިރުފޮދު ހިނދެންދެން ބެހެއްޓުމަށް ފަހު ގެރިކިރު، ސެފްރަން އަދި ކާފޫރު ތޮޅި އަޅާފައި އެއްކޮށްލާށެވެ. ދިޔާކޮށް ހުއްޓާ އުނދުން މަތިން ބާލާށެވެ. ސެވިޔާ ކީރް އަކީ ހިހޫ ވަމުން ދާ ވަރަކަށް ހަރުވާ އެއްޗެކެވެ.

އެންމެ ފަހު ކަމަކަށް ހަނާކޮށްލި އަލްމަންޑް، ކެޝޫ ނަޓު އަދި ހިކި މޭބިސް ކަދުރު ކީރްގެ މައްޗަށް އަޅާލާށެވެ.

ފިނިފެންމަލުގެ ފިޔަ އަކީ އެމީހަކު ބޭނުންވަންޔާ އަޅާލެވޭނެ އެއްޗެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް