އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ސިއްހަތު - ފަޅޯ

ފަޅޮލުގެ ފައިދާ

  • ޑައިޓް ކުރާ މީހުން ކެއުމަށް ފަޅޮލަކީ ރަނގަޅު އެއްޗެއް

ޚަދީޖާ އިބްރާހިބް
Khadheejaibrah7

ކ. މާލެ 27 މެއި 2019 | ހޯމަ 23:14 5,246

ފަޅޮލަކީ ޑައީޓް ކުރާ މީހުން ކެއުމަށް މުހިންމު އެއްޗެއް - ގޫގުލް

ފަޅޮލަކީވެސް ގިނަ އަދަދަކަށް ވިޓަމިންސް ހިމެނޭ މޭވާއެކެވެ. އަދި ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޯވަރެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ..

ދިރާސާތަކުން ދައްކާގޮތުން ފަހަކަށް އައިސް ހަށިގަނޑު ހިއްކުމަށް ބޭނުން ކޮށްފައިވާ ވަރަށް ގިނަ ބޭސްތަކުގައި ފަޅޮލުގެ މާއްދާތައް ހިމަނާފައިވެ އެވެ. ނަމަވެސް ފަޅޮލަކީ އަލަނާސި ގޮތަށް ވަރަށް ފަސޭހައިން ފީވާ އެއްޗަކަށް ވާތީ ކެއުމުގެ ކުރިން ނުވަތަ ކެއުމުގެ ފަހުން ނުވަތަ ކެއުމުގެ ތެރޭގައި ފަޅޯ ބޭނުން ކުރުމުން ފައިދާ ބޮޑު ވާނެ އެވެ.

ފަޅޮލުން ލިބޭ ސިއްހީ ފައިދާތަކުގެ ތެރޭގައި

ބަރުދަން ލުއިކުރުން

ފަޅޮލަކީ ގިނައިން ކެލޮރީސް ހިމެނޭ މޭވާއެއް ނޫނެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ފަޅޯ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. 140 ގްރާމް ފަޅޮލުގައި ހުންނަނީ އެންމެ 60 ކެލޮރީއާއި، 0.4 ގްރާމް ފެޓް، 15.7 ގްރާމް ކާބޯހައިޑްރޭޓް އަދި 2.5 ގްރާމް ފައިބާއެވެ. ފަޅޮލުގައި ކޮލެސްޓްރޯލް ނުހުރެއެވެ.

އާތްރައިޓިސް (ހުޅުހުޅުގައި ރިއްސުން)

ފަޅޮލަކީ އޭގައި ކެލްސިއަމް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ކޮޕާ ފަދަ މިނަރަލްތައް އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ޤަވާއިދުން ފަޅޯ ކެއުމަކީ ހަށިގަނޑުގައި ކެލްސިއަމް ހުންނަ މިންވަރު އިތުރު ކޮށްދޭ ކަމެކެވެ. އަދި ދުރު މުސްތަޤުބަލުގައި އެއީ ހުޅުހުޅުގައި ރިއްސުމުން ރައްކާތެރި ކޮށްދޭ ކަމެކެވެ.

ހަކުރުބަލި

ދިރާސާތަކުން ދައްކާގޮތުގައި ރޯފަޅޯ ކެއުމުން ލޭގައި ހަކުރާއި ކޮލެސްޓްރޯލް ހުންނަ މިންވަރު ހިފަހައްޓައިދެއެވެ. އެއީ ފަޅޮލުގައި ގިނަ އަދަދަކަށް ފައިބަރު ހިމެނިގެން ވާތީއެވެ. ގްރީން ޓީއާއި ފަޅޯ އެއްކޮށްގެން ބޭނުންކޮށްފިނަމަ ހަކުރު ބަލި ރަނގަޅުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް