ކ. މާލެ
|
26 މެއި 2019 | އާދީއްތަ 23:37
ބެރީ ޖޫސް
ބެރީ ޖޫސް
ގޫގުލް
ހަނދާންނެތުމުން ދުރުކޮށްދޭ
ބައެއްކަހަލަ ޖޫސް ބުޔުމުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި
 
އޮރެންޖާއި ބެރީ ޖޫހުން ހަނދާން ނެތުމުގެ މައްސަލަ 47 އިންސައްތަ ރައްކާތެރިކޮށްދޭ

ބައެއްކަހަލަ ގުދުރަތީ މޭވާ ތަކުން ހަދާފައިވާ ޖޫސްތަކަކީ ވަކި ޖިންސެއްގެ ބަޔަކު ބުޔުމުން ހަނދާން ގަދަކޮށްދޭ ޖޫސްތަކެއް ކަމަށް ބުނެވެއެވެ. ޚާއްސަކޮށް ފިރިހެނުންނެވެ.

"ވިޓަމިން ސީ" އިން މުއްސަނދިވެފައިވާ އޮރެންޖަކީ ވަރަށް ގިނަ ފަރާތްތަކަށް މީރު މޭވާ އެކެވެ. އެހެންކަމުން އެ މޭވާގެ ޖޫސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އާދެއެވެ. މީރު ރަހަ އާއެކު، ސިއްހަތަށް ފައިދާ ހުރި ބުއިމެއްގެ ގޮތުގައި ވެސް އޮރެންޖު ޖޫސް މަޝްހޫރުވެފައި ވެއެވެ.

އޮރެންޖު ޖޫހުގައި ގިނަ އަދަދަކަށް ކެލޮރީސް އެކުލެވިގެން ވެއެވެ. އެގޮތުން ބައި ޖޯޑުގެ އޮރެންޖު ޖޫހުގައި 60 ވަރަކަށް ކެލޮރީސް ހެމެނެއެވެ.

މީގެ އިތުރުން އޮރެންޖު ޖޫހުގައި އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް އަދި ފެޓް ވެސް އެކުލެވިގެން ނުވެއެވެ.

ވިޓަމިން އޭ ވެސް އެ މޭވާގައި ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އެހެންކަމުން އޮރެންޖު ޖޫހަކީ، ވިޓަމިންސީ އިންނާއި ވިޓަމިން އީ އިން މުއްސަނދި ވެފައިވާ ޖޫހެކެވެ.

ބެރީޒް ވައްތަރުތައް ބޭނުން ކުރުމުން ސިއްހަތު ދުޅަހެޔޮވުމާއެކު ކެންސަރުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އިރު ތަހުލީލުތަކަށް ފަހު، ސައިންސްވެރިން ބުނެފައިވަނީ، ތަފާތު ބާވަތްތަކުގެ ބެރީޒް ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ސިއްހީ ފައިދާތައް ދެނެ ގަތުމަށް އިންސާނުންގެ ކުޅު ބޭނުންކޮށްފައިވާ ކަމަށާއި ކުލަގަދަ ވައްތަރުތަކެއް ކަމުގައިވާ ބެރީޒް އާއިލާއަށް ޚާއްސަ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން ލިބޭ ސިއްހީ ފައިދާތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ނިއުރޮލޮޖީ ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާ ބުނި ގޮތުގައި އޮރެންޖާއި އެކި ބާވަތްތަކުގެ ބެރީން ތައްޔާރުކޮށްފައިވާ ޖޫސް ބުޔުމުން އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް ދިމާވާ ހަނދާން ނެތުމުގެ މައްސަލަ އިން ރައްކާތެރިކޮށްދެއެވެ. އެހެންވެ އާންމުކޮށް އޮރެންޖާއި އެކި ބެރީތަކުން ތައްޔާރުކުރާ ޖޫސް ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ހެދުން މުހިއްމު ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

އެގޮތުން މި ޖޫސްތައް ބޯނަމަ ހަނދާން ނެތުމުގެ މައްސަލަތަކުން 47 ޕަސެންޓު ރައްކާތެރިކޮށްދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
8%
92%
0%
0%
0%
0%
ކޮމެންޓް