ހޯމަ 16 ސެޕްޓެންބަރ 2019
10 އުތުރަ
1441 މަހައްރަމް 17
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ޕެޝަންފްރުޓް ޝޫ ޕަފް

  • އިކްލެއާސް ފަދަ ޕޭސްޓްރީއާ ތަފާތު، ތައްޔާރުކޮށްލަން ޕަފް ޕޭސްޓްރީއެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 26 މެއި 2019 | އާދީއްތަ 14:55 2,331

ޕެޝަންފްރުޓް ޝޫ ޕަފް - ރާއްޖެއެމްވީ

ފުއްގަނޑު ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

116 ގުރާމް ކިރު

116 ގުރާމް ފެން

101 ގުރާމް ބަޓަރ

4.5 ގުރާމް ހަކުރު

4.5 ގުރާމް ލޮނު

123 ގުރާމް ބިސް

202 ގުރާމް ބިސް

ޕޭސްޓްރީ ކްރީމް ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

500 ގުރާމް ކިރު

1 ވެނީލާ ބީން

175 ގުރާމް ބިހުގެ ގޮބޮޅި

90 ގުރާމް ހަކުރު

50 ގުރާމް ބަޓަރު

3 ގުރާމް ވެނީލާ އެސެންސް

50 ގުރާމް ކަސްޓަޑް ޕައުޑަރ

1 ޕެޝަންފުރުޓް

ބައި ޖޯޑު ފެން

ފުއްގަނޑު ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ކިރު، ފެން، ބަޓަރު، ލޮނާއި ހަކުރު ކައްކާލާށެވެ. ދެން ފުއް އަޅާލާފައި އެއްވެލަން ދެން ހަލާލާށެވެ.

މި ފުއްގަނޑު މަޑު ގިނީގައި ފަސް ވަރަކަށް މިނެޓް ކައްކާލާށެވެ. ދެން އުނދުނުން ބޭލުމަށް ފަހު، ހޭންޑް މިކްސް އަކުން ގިރާލާށެވެ. ގިރާއިރު ފަހަރަކު ބިހެއް އަޅަމުން ގެންދާށެވެ.

މި ފުއްގަނޑު ނިމޭ އިރު ހުންނަން ޖެހޭނީ ވާ ދެމޭ ވަރަށް ދިޔާ ވެފައެވެ.

ދެން ބޭކިން ޓްރޭ އެއްގައި ބަޓަރު ކޮޅެއް ހާކާފައި، މި ފުއްގަނޑު ޕައިޕް ކޮއްލާނީއެވެ.

ބޮޑު ސްޓަރ ނޫނީ ރައުންޑް ޓިޕް އަކުން ޕައިޕް ކުރެވޭނެއެވެ.

ޕޭސްޓްރީ ކްރީމް ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ޕެޝަންފުރުޓް ބައި ޖޯޑު ފެނާއި އެކު ބްލެންޑް ކޮށްލާށެވެ. މި ޕިއުރީ ބޭނުން ކުރާނީ ތަންކޮޅެއް ފަހުންނެވެ،

ބިހުގެ ގޮބޮޅި މިކްސިންގ ބޯލް އަކަށް އަޅާފައި ހަކުރާ ކަސްޓަޑު ފުށާ އެއްކޮށް ގިރާލާށެވެ.

އެއަށްފަހު ވެނީލާ ބީން ފަޅާލައި، އެތެރޭގައި ހުރި އޮށްކޮޅު ކިރު ފޮދެއް ތެރެޔަށް އަޅާފައި ކައްކާލާށެވެ. ދެން ކުރިން ގިރި ފުއްގަނޑުގެ ތެރެއަށް މަދު މަދުން އެއްކުރަމުން ދާށެވެ. ފަސް ވަރަކަށް މިނެޓް ކެއްކުމަށް ފަހު އުނދުނުން ނަގާ، ޕެޝަންފުރުޓް ޕިއުރީ އެއްކޮށްލާފައި ރަނގަޅަށް ގިރާލާށެވެ. ނިމޭއިރު ހުންނަންވާނީ ކްރީމް ގޮތަށެވެ.

ޕަފްތައް ފިހެވުމުން ހިހޫ ވަންދެން ބަހައްޓާހާލާފައި ކޮންމެ ޕަފެއްގެ މެދުން ލޯވަޅެއް ހަދައި، ޕޭސްޓްރީ ކްރީމް އަޅާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް