raajjemv logo
ރޯދަ ބަދިގެ 1440
ފްރުޓް ޓްރެސް ލެޗެސް
 
ދިވެހިންގެ ތެރޭގައި މަގުބޫލު މިލްކް ކޭކުގެ ތަފާތު ރެސިޕީއެއް
ޒުނާނާ ޒާލިފް
9,916
ކ. މާލެ |
26 މެއި 2019 | އާދީއްތަ 11:11
ފްރުޓް ޓްރެސް ލެޗެސް
ޒުނާނާ ޒާލިފް

ކޭކު އަޅަން ބޭނުންވާނީ:

1 ޖޯޑާއި ބައި ފުށް

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

ވަރަށް ކުޑަ ލޮނުކޮޅެއް ލޮނު

ބައިޖޯޑު ބަޓަރ (އަންސޯލްޓެޑް)

1 ޖޯޑު ހަކުރު

5 ބިސް

1 ސައިސަމްސާ ވެނީލާ އެސެންސް

މިލްްކް ސިރަޕް ހަދަން ބޭނުން ވާނީ:

1 ޖޯޑާއި 1/4 ކިރު (ފުލް ކްރީމް)

ބައި ޖޯޑު ހެވީ ކްރީމް

1 ދަޅު ގެރިކިރު

1 ދަޅު އިވަޕޮރޭޓަޑް މިލްކް

ފްރުޓް ފިލިންގް ހަދަން ބޭނުން ވާނީ:

2 ޖޯޑު ތާޒާ ސްޓްރޯޯބެރީސް (ކުދިކޮށް ކޮށާފައި)

1 ޖޯޑު ހަކުރު

2 ތާޒާ ޕީޗް

1 ޖޯޑު ފެން

އައިސިންގ ހަދަން ބޭނުންވާނީ:

2 ޖޯޑު ވިޕިންގ ކްރީމް

ބައި ޖޯޑު އައިސިންގ ޝުގަރ ނޫނީ ކާސްޓަރ ޝުގަރ

ބައި ސައިސަމްސާ ވެނީލާ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޭކްފުއްގަނޑު ގިރާލުމުގެ ކުރިން އަވަން 350 ޑިގްރީސް ސެލްސިއަސް އަށް ޖައްސާށެވެ.

ފުށް، ބޭކިންގ ޕައުޑަރ އަދި ލޮނު ވަކިން ތައްޓެއްގައި އެއްކޮށްލާފައި ބަހައްޓާށެވެ.

ދެން ހޭންޑް މިކްސަރަކުން ބަޓަރާއި ހަކުރު، ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

އެއަށްފަހު ފަހަރަކު ބިހެއް، އެއްވަންދެން އަޅަމުން ދާށެވެ. ދެން ވެނީލާ އެސެންސް އަޅާފައި ފުށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޓްރޭއަކަށް ލާފައި 30 މިނެޓް ފިހެލާށެވެ.

ކޭކް ފިހެވެންދެން ފްރުޓް ފިލިންގ ތައްޔާރުކޮށްލުމަށް ފެން ފޮދު އަދި ހަކުރު ތެއްޔެއްގައި ކައްކާށެވެ. ސުގަރ ސިރަޕް ހެދުމުން ސްޓްރޯބެރީކޮޅު އަޅާފައި ކައްކާށެވެ. ސްޓްރޯބެރީ ދިޔާވުމުން، އެއްކޮށްލާފައި، އިތުރު 5 މިނެޓް ކައްކާލާށެވެ. މި މިކްސް ހުންނަންވާނީ ސޯސް ހެންނެވެ.

ދެން މިލްކް ސިރަޕް ތައްޔާރުކޮށްލުމަށް ކިރު، ހެވީ ކްރީމް، އިވަޕޮރޭޓަޑް މިލްކް، ކުޑަ ވެނީލާކޮޅެއް އަދި ގެރިކިރު އެއްކޮށްލާށެވެ.

ކޭކް ފިހެވުމުން މި މިލްކް ސިރަޕް އަޅާފައި ރަނގަޅަށް އެތެރަށް ވަދެގެން ދަންދެން ބަހައްޓާލާށެވެ (އެންމެ ރަނގަޅީ 8 ގަޑިއިރު ބަހައްޓާލަން).

އައިސިންގ ހެދުމަށް ވިޕިންގ ކްރީމް، ހަކުރު އަދި ވެނީލާ ހޭންޑް މިކްސަރެއްގައި ގިރާލާށޭވެ.

ދެން ކޭކް ވަށާ އައިސިންގ ޖެހުމަށް ފަހު، މައްޗަށް ފްރުޓް ސިރަޕާއި ކޮށާފައިހުރި ޕީޗްކޮޅު އަޅާލާށެވެ. ބޭނުމިއްޔާ ކޭކު މެދުން ފަޅި ކޮށްފައި ދެ ލޭޔަރަށް ވެސް ހެދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
26 މެއި 2019 | އާދީއްތަ 11:43
އިބުރާހިމް
ކުޑަ ލޮނު ކޮޅު ބޮޑު ލޮނު ކޮޅޭ ނުކިޔާ އެހެން އެއްޗިސް ވެސް ޖަހާފަ ހުރިގޮތަށް ގްރާމުން ނޫނީ ސަމްސަލުން ވިޔަސް ލިޔެލާނަމަ، އަަހަރުމެންނަކަށް ނޭގޭ ރަހަލާވަރަށް، ހެޔޮވަރުވަރަށް، ގިނަނުވާވަރަށް ކުޑަ ބޮޑު ލޮނު ލާކަށް، ރެސިޕީ ބަލާނީ ކަމެއް ވެގެންއެންނު