ހުކުރު 03 އޭޕުރިލް 2020
09 ރޭވަ
1441 ޝައުބާން 10
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ކޮރިއެންޑާ ސޭންޑްވިޗް

  • ފަސޭހައިން ތައްޔާރު ކޮށްލެވޭ ރަހަމީރު އަދި ސިއްހަތަށް އެހާމެ ރަނގަޅު ސޭންޑްވިޗެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 25 މެއި 2019 | ހޮނިހިރު 21:31 2,997

ކޮރިއެންޑާ ސޭންޑްވިޗް - ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

1 ޖޯޑު ކޮރިއެންޑާ ފަތް

4-5 މިންޓް ފަތް

5-6 ބަދަން

1 ލޮނުމެދު

3 ރޯމިރުސް

4 ސަމްސާ ފިނި ފެން

1 ޖޯޑު ކްރީމް ޗީޒް

1 ސަމްސާ ޗާޓް މަސާލާ

ލޮނު

އަސޭމިރުސް

ޕާން

ޓޮމާޓޯ

ކިއުކަމްބާ

ލެޓިއުސްފަތް

ޗެޑާ ޗީޒް

ބަޓަރު

އެވޮކާޑޯ ސްޕްރެޑް ނޫނީ މެޔޮނައިސް

1 ދަޅު މަސް ނޫނީ ކަށިނެތް ކުކުޅު ކޮޅެއް، ތެލުލާފައި

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ކޮރިއެންޑާ، މިންޓް ފަތް، ބަދަން، ލޮނުމެދު، ފެންފޮދެއް، ލޮނު، އަސޭމިރުސް މިރުސް އަދި ޗާޓް މަސާލާކޮޅު ބްލެންޑަރަކަށް އަޅާފައި ގިރާލާށެވެ.

ގިރަމުން ދާވަރަކަށް މާ ހިކިއްޔާ ފެން، މަދު މަދުން އަޅަމުން ދާށެވެ.

ފަތްކޮޅު އެހާ ދިޔާނޫން ޕޭސްޓަކަށް ވުމުން ނަގާފައި ކްރީމްޗީޒް އެއްކޮށްލާށެވެ. އަތުން ރަނގަޅަށް މޮޑެ ނިމޭއިރު ހުންނަންވާނީ މެޔޮނައިސް ހުންނަ ގޮތަށެވެ.

ދެން ޕާން ފޮތި ތަކުގައި ބޭނުން ވަރަކަށް ބަޓަރު ހާކާލާފައި އެބޭފުޅަކު ބޭނުންވާ ސްޕްރެޑް ޖަހާލާ، ކޮރިއެންޑާ ޕޭސްޓް ހާކާލާށެވެ.

އެއަށް ފަހު މައްޗަށް ބޭނުންވާ ޓޮޕިންގެއް އަޅާފައި ޓޯސްޓް ކޮށްލާށެވެ. ޓޮޕިންގްއަށް ކިއުކަމްބާ، ޓޮމާޓޯ، ލެޓިއުސް، ޗީޒް، ބޭނުން ވައްތަރެއްގެ މަހެއް ބޭނުން ކޮށްލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް