އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ކެރޮޓު ލައްޑޫ

  • ވަރަށް މަދު ތަކެއްޗާ އެއްކޮށް ތައްޔާރުކޮށްލެވޭ ފަސޭހަ ޑިޝްއެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 25 މެއި 2019 | ހޮނިހިރު 21:30 2,124

ކެރޮޓު ލައްޑޫ - ރާއްޖެއެމްވީ

ކެރޮޓު ލައްޑޫ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އެއްޗަކަށް އަދި ނުވިޔަސް، މި ރެސިޕީ ތައްޔާރު ކޮށްލާ ހުރިހާ ބޭފުޅުންނަށް ވެސް މި ޑިޝް ކަމުދާނެކަން ޔަގީނެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ކެރޮޓު

3 ބިސް

ހަތަރު ބައި ކުޅައެއްބައި ޖޯޑު ކޯސްޓު ކިރު

ދެބައި ކުޅަ އެއްބައި ޖޯޑު ހަކުރު

ހަތަރު ބައި ކުޅައެއްބައި ސައިސަމްސާ މުގުރި ކާފޫރުތޮޅި

ބައި ޖޯޑު ގީ

އޮރެންޖު ކާކުލަ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ކެރޮޓު، ބިސް، ހަކުރު، ކޯސްޓު ކިރު އަދި ކާފޫރުތޮޅި ބްލެންޑަރަކަށް އަޅާފައި ގިރާލާށެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކުޑަ ކާކުލަކޮޅެއް އަޅާފައި ގިރާލާށެވެ.

ދެން ތަވައެއްގައި ގީ ހޫނުކޮށްލާފައި ގިރާލި ކެރޮޓު މިކްސް އަޅާފައި، ރޯފިލަންދެން ކައްކާލާށެވެ.

މި މިކްްސް ހަރުވަންދެން ހަލާލާށެވެ.

ތަންކޮޅެއް ހަރު ޕޭސްޓަކަށް ވުމުން ގުޅަ ވަށާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް