އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
އިސްލާމް - ހުކުރު ޚުތުބާ

ފަހު ދިހައިގައި ވެވުނު އެންމެ ބޮޑަކަށް އަޅުކަމުގައި ހޭދަކުރަން ޚުތުބާގައި ގޮވާލައިފި

  • އިއުތިކާފަށް އިނުމާއި، ރޭއަޅުކަން ކުރުމުގެ މުހިއްމުކަން ބަޔާންކުރި
  • ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް އަޅުކަމުގައި ހޭދަ ކުރަން ގޮވާލި

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 24 މެއި 2019 | ހުކުރު 13:40 3,000

ހުކުރު ޚުތުބާ - ރާއްޖެ އެމްވީ

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އެމީހަކަށް ވެވުނު އެންމެ މަތީ ދަރަޖައަށް އަޅުކަމުގައި ހޭދަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، އެމީހެއްގެ ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް އަޅުކަމުގައި ހޭދަ ކަމަށާއި، ލައިލަތުލްޤަދުރި ވިލޭރޭގެ ބަރަކާތް ހާސިލު ކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރަހުމާނުވަންތަ ﷲ ގެ އޯގާވަންތަ ކަމުން އަޅުގަނޑުމެންނަށްޓަކައި ފަހު ދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވޭ. އެއީ ލައިލަތުލްޤަދުރި ވިލޭރެ. ﷲ ތައާލާ އެރޭގެ އަޅުކަން 1000 މައްސަރަށްވުރެ މާތް ކުރެއްވި. އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރު. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު، ކޮންމެ ދުވަހަކު ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަ ކުރެވޭނެތޯ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި އުޅުނު ކަމުގައިވިޔަސް، އެ މުއްދަތުގެ މަދު އިންސައްތައެއް މެނުވީ، އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެ، އެހެންކަމުން އެރެއަކީ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެއް

ޚުތުބާގައި އިތުރަށް ބުނީ، ފަހު ދިހައިގައި ހެއު އަމަލުތައް ގިނަކޮށް ދުއާ ކުރުން މަތީ ދެމިހުރުމުގެ އިތުރުން، ﷲ އަށް އަޅުކަން ކުރުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަ ކުރަން ވާނެ ކަމަށެވެ.

ފަހު ދިހައިގައި ހެޔޮ އަމަލުތައް ގިނަ ކުރާށެވެ. ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާ ކުރުމަށްފަހު، ރަވާތިބު ސުންނަތްތައްވެސް އަދާ ކުރެވޭތޯ ބަލާށެވެ. ޞުހާ ނަމާދާއި، ތަރާވީހު ނަމާދުގެ އިތުރުން ދަމު ނަމާދާއި، ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ޤުރުއާން ކިއެވުން ގިނަ ކުރުމާއި، ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާމެދު ފިކުރު ހިންގޭތޯ ބަލާށެވެ. ހުރިހާ ވަގުތެއްގައި ޛިކުރު ކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް ސަދަގާތް ކުރުމަށް ސަމާލުވާށެވެ

އޭގެ އިތުރުން، ފަހު ދިހައިގައި އިއުތިކާފަށް އިނުމާއި، ރޭއަޅުކަން ކުރުމުގެ މުހިއްމު ކަމަށްވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް