އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ޗިކަން ޕާމެޝަން ވިތް ޕާސްތާ

  • ޕާސްތާގެ މި ރެސިޕީ އަކީ ތައްޔާރު ކޮށްލަން ފަސޭލަ، މީރު ރެސިޕީއެކެވެ

ޒުނާނާ ޒާލިފް
zunana

ކ. މާލެ 24 މެއި 2019 | ހުކުރު 10:13 3,051

ޗިކަން ޕާމެޝަން ވިތް ޕާސްތާ - ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

200 ގުރާމް ކަށިނެތް ކުކުޅު

30 ގުރާމް މޮޒަރެއްލާ ޗީޒް

20 ގުރާމް ޕާމެޝަން ޗީޒް

1 ދަޅު ޕީލްޑް ޓޮމާޓޯ

1 ސައިސަމްސާ ހިއްކި ބޭސިލްފަތް

1 ކުޑަ ފިޔާ

1 ލޮނުމެދު

2 ސަމްސާ ޓޮމާޓޯ ޕޭސްޓް

150 ގުރާމް ކެއްކި ޕާސްތާ

ބައި ސައިސަމްސާ މުގުރި ޕެޕްރިކާ

1 ޖޯޑު ފެން

2 ރޯމިރުސް

ލޮނު

އަސޭމިރުސް

ޕާސްތާ ސޯސް ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ، ލޮނުމެދު އަދި ރޯމިރުސް ކުދިކޮށް ކޮށާލާފައި ޒައިތޫނިތެޔޮ ކޮޅެއްގައި މީރު ކޮށްލާށެވެ.

ތަރުކާރިކޮޅު މީރުވުމުން ޓޮމާޓޯ ޕޭސްޓު އަދި ޓޮމާޓޯ ދަޅު އަޅާފައި އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން ލޮނު، އަސޭމިރުސް، ބޭސިލް އަދި ޕެޕްރިކާ އަޅާލާށެވެ.

ދެން ފެންފޮދު އަޅާފައި ސޯސްގަނޑުގެ ދެބައިކުޅަ އެއްބައި ހިނދެންދެން ކައްކާލާށެވެ.

ކުކުޅު ތައްޔާރު ކޮށްލާނެ ގޮތް:

ނުކޮށާ އޮތް ޗިކަން ބްރެސްޓްއެއްގެ ދެފަޅީގައި ލޮނު، އަސޭމިރުސް، ޕެޕްރިކާ އަދި ޒައިތޫނި ތެޔޮކޮޅެއް އުނގުޅާލުމަށްފަހު ހޫނު ތަވައެއްގައި ފިހެލާށެވެ.

ރަނގަޅަށް ރޯފިލުމުން މައްޗަށް ކެއްކި ޕާސްތާ ސޯސް އަޅާފައި ދެ ވައްތަރު ޗީޒް އަޅައި، ޗީޒަ ކޮޅު ދިޔާ ވަންދެން މަތި ޖަހާފައި މަޑު ގިނީގައި ކައްކާލާށެވެ.

ކުކުޅު ތައްޔާރުވުމުން، ކުރިން ކެއްކި ސޯސް ތެރެޔަށް ކެއްކި ޕާސްތާއަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް