ކ. މާލެ
|
21 މެއި 2019 | އަންގާރަ 21:03
ޕަނީރް ބަޓަރ މަސާލާ
ޕަނީރް ބަޓަރ މަސާލާ
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ޕަނީރް ބަޓަރ މަސާލާ ރެސިޕީ
 
މިއީ އިންޑިއާގެ ކެއުމަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެއް

ދިވެހިންގެ ތެރޭގައި މަޝްހޫރު އިންޑިއާގެ ޑިޝްއެއް ކަމަށްވާ ބަޓަރ ޗިކަން އާއި ވަރަށް ގާތް ކުރާ މި ރެސިޕީއަކީ މުޅި އާއިލާ އަށް ވެސް ކަމުދާނެ މީރު ރެސިޕީއަކަށް ވެގެންދާނެއެވެ. މި ޑިޝް ތައްޔާރުކޮށްލަން ނަގާނީ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރެވެ.

ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި:

250 ގްރާމް ޕަނީރް (ޗީޒް ކަމުނުދާ ފަރާތްތަކަށް ކަށިނެތް ކުކުޅު ނުވަތަ ތަރުކާރީ ވެސް ބޭނުން ކުރެވިދާނެ)

2 ފިޔާ (ބޮޑު)

5 ރަތް ޓޮމާޓޯ

12 ކެޝޫ ނަޓު

1 ބޭ ލީފް

4-5 ހިކި މިރުސް

2 ރޯ މިރުސް

1 އިންޗި އިނގުރު

8-9 ލޮނުމެދު

1 ސައިސަމްސާ ހަކުރު

4 ސައިސަމްސާ ކަސޫރީ މީތީ

4 ސަމްސާ ބަޓަރ

1 ސައިސަމްސާ ކަޝްމީރު މުގުރި މިރުސް

1 ސައިސަމްސާ މުގުރި ކޮރިއެންޑާ

1/4 ސައިސަމްސާ ގަރަމް މަސާލާ

100 މިލި ލީޓަރު ކުކިންގް ކްރީމް

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ އަދި ޓޮމާޓޯ ބޮޑެތިކޮށް ކޮށާލާށެވެ.

އެ އަށް ފަހު ހުރިހާ ތަރުކާރީކޮޅެއް ޒައިތޫނި ތެޔޮކޮޅެއްގެ ތެރޭގައި މީރުކޮށްލާނީއެވެ. ލޮނުމެދު، ދެ ވައްތަރު މިރުސް، ބޭ ލީފް އަދި އިނގުރު އަޅާނީ ނުކޮށައެވެ.

ތަރުކާރީކޮޅު މަޑުވުމުން ބޭ ލީފްކޮޅު ނަގާފައި ތަރުކާރީކޮޅު ބްލެންޑަރެއްގެ ތެރެޔަށް އަޅާލާފައި މުގުރާލާށެވެ.

މި ހަވާދުކޮޅު މުގުރާފައި، ފުރާނާލާފައި އެއްކައިރިކޮށްލާށެވެ.

ވަކިން ތެއްޔަކަށް ބަޓަރ އަޅާފައި ރޯމިރުސްކޮޅު މީރު ކޮށްލާށެވެ.

އެ އަށް ފަހު ހަވާދު، ސްޕައިސަސް އަދި ޕަނީރް އަޅާފައި ހަލާލާނީއެވެ.

ތެލި ތެރޭގައި ތެޔޮ ހެދެން ފެށުމުން ކުކިންގ ކްރީމް އަޅާފައި އެއްކޮށްލާށެވެ.

ރިހަ 5 ވަރަކަށް މިނެޓް ވަނަދެން ކައްކާށެވެ.

މި ޑިޝައަކީ ހޫނުކޮށް ހުއްޓައި، ނާން، ރޮށި، ޕާން ނޫނީ ބަތާ ލައިގެން ކާން ވަރަށް މީރު ޑިޝްއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
67%
0%
0%
33%
0%
ކޮމެންޓް