ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 22:25
އީރަނުގެ ޑިފެންސް މިނިސްޓަރ ޙުސައިން ދެއްގަން – ފޮޓޯ: ގޫގްލް
އީރަނުގެ ޑިފެންސް މިނިސްޓަރ ޙުސައިން ދެއްގަން – ފޮޓޯ: ގޫގްލް
ގޫގުލް
އީރާން
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
 
ޓެސްޓް ކޮށްފައިވަނީ ނަސްރާއި، ދެއްލަވިޔޭ

އީރާނުން އުފައްދާފައިވާ ދެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާއިން ބުނެފިއެވެ.

އީރާނުގެ ޑިފެންސް މިނިސްޓަރ ހުސައިން ދެއްގަން އާއި ހަވާލާދީ، ފާސް ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ވެލާޔަތު 95" ގެ ނަމުގައި ގަލްފު ކަނޑުގައި ހޯމަ ދުވަހު ހިންގި ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއްގައި ކާމިޔާބު ކަމާއިއެކު ޓެސްޓްކޮށްފައިވަނީ، "ނަސްރް" ގެ ނަން ދީފައިވާ ކްރޫޒް މިސައިލެކެވެ.

މީގެ އިތުރުން "ދެއްލަވިޔޭ" ގެ ނަން ދީފައިވާ ލޭޒަރ ގައިޑެޑް މިސައިލެއްވެސް މި ހަރަކާތުގެ ތެރެއިން ޓެސްޓް ކޮށްފައިވާ ކަމަށް ތަސްނިމް ނިއުސް އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

އީރަނުން ހިންގި ކަނޑުމަތީގެ ހަރަކާތްތަކުގައި "ދެއްލަވިޔޭ" ޓެސްޓްކޮށްފައިވާއިރު، މި މިސައިލަކީ، ރަޝިއާގެ އެންޓިޓޭންކް މިސައިލެއް އަސްލަކަށް ބަލައިގެން 2012 ވަނަ އަހަރު އީރާނުން ތައްޔާރުކުރަން ފެށި މިސައިލެކެވެ.

ހޯމަ ދުވަހު ޓެސްޓް ކުރި މިސައިލްތަކާއި ބެހޭ މާ ބޮޑު ތަފްސީލެއް އީރާނު ސަރުކާރުން ދީފައި ނުވާއިރު، އީރާނުގެ މައްޗަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ފަހުންވެސް އީރާނުގެ އަމަލުތައް ބަހައްޓަމުންދާ ގޮތުން، އެ ޤައުމަށް ޚާއްސަކޮށް ހުޅަނގުގެ ޤައުމުތަކުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތި ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް