ކ. މާލެ
|
20 މެއި 2019 | ހޯމަ 16:24
މިސްކިތެއްގައި ނަމާދު ކުރަނީ
މިސްކިތެއްގައި ނަމާދު ކުރަނީ
މުހައްމަދު ޝަރުހާން
ދަމުނަމާދު ކުރުން
ފަހު ދިހައިގެ ރޭތަކުގައި މާލޭގެ 15 މިސްކިތެއްގައި ދަމުނަމާދު ކުރާނެ!
 
ހުޅުމާލޭ 5 މިސްކިތެއްގައި ދަމުނަމާދު ކުރާނެ
 
ވިލިނގިލީ 3 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މާލޭ ސިޓީގެ މިސްކިތްތަކުގެ ތެރެއިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ފަހު ދިހައިގެ ދުވަސްތަކުގައި ދަމު ނަމާދު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ މިސްކިތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމުކޮށްފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި 1440 ވަނަ އަހަރުގެ ރަމަޟާން މަހު ފަހު 10 ގައި މާލެސިޓީގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނު ކުރައްވާފައިވާއިރު، އޭގެ ތެރޭގައި 15 މިސްކިތެއް ހިމެނެއެވެ.

  1. މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
  2. މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
  3. މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
  4. މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
  5. މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
  6. މަސްޖިދު ޞަލާޙުއްދީން
  7. މަސްޖިދު ފުރްޤާން
  8. މަސްޖިދު ޖަލާލުއްދީން
  9. މަސްޖިދުއްނޫރު
  10. އިބްރާހީމީ މިސްކިތް
  11. މަސްޖިދުއްޝަހީދު ޢަލީ
  12. މަސްޖިދު އިސްކަންދަރު
  13. މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  14. މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
  15. މުޙައްމަދު ޖަމީލްދީދީ މިސްކިތް

އޭގެ އިތުރުން، ވިލިމާލެއިން ތިން މިސްކިތެއްގައި ދަމުނަމާދު ކުރެވޭ ގޮތް ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މަސްޖިދުއްސަލާމްއާއި، މަސްޖިދުލްއިޚްލާޞްގެ އިތުރުން މަސްޖިދުލް ބިއްރިއެވެ.

އަދި ހުޅުމާލެއިން ވެސް ފަސް މިސްކިތެއްގައި ދަމުނަމާދު ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ

  1. މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
  2. މަސްޖިދު ޢަޒީޒާ މޫސާ
  3. މަސްޖިދު ޒައިދު ބުން ސާބިތު
  4. ހުޅުމާލެ ވަގުތީ މިސްކިތް
  5. މަސްޖިދު ޢުމަރު ބިން ޚައްޠާބު

އޭގެ އިތުރުން، މި މިސްކިތްތަކުގައި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި އަޅުކަން ކުރުމުގެ ގޮތުން އިއުތިކާފަށް ތިބޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް