ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 20:01
ފިލިޕް ބައިލްޑެން
ފިލިޕް ބައިލްޑެން
ގޫގުލް
ރައީސް ޓްރަމްޕް
ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި
 
މިއި ރައީސް ޓްރަމްޕް މަގާމު ހުށަހެޅުއްވުމުން ގަބޫލުނުކުރެއްވި ދެ ވަނަ ބޭފުޅާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނޭވީ ސެކްރެޓަރީ ކަމަށް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފިއެވެ.

ފިލިޕް ބައިލްޑެން ނަން ގެންދެވިކަން ހާމަކޮށްފައި ވަނީ އާދީއްތަ ދުވަހު ޕެންޓަގަން އިން ކަމަށްވާއިރު މިއީ އަސްކަރީ ޚިދުމަތުގެ އިސް މަގާމަކަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވުމުން، ފާއިތުވެ ދިޔަ ހަފްތާތަކުގެތެރޭ މަގާމު ގަބޫލު ނުކުރެއްވި ދެވަނަ ބޭފުޅާއެވެ.

ފިލިޕް ބައިލްޑެން އަކީ އެމެރިކާގެ ވިޔަފާރިވެރިއެެކެވެ. އޭނާ ރައީސް ޓްރަމްޕް ހުށަހެޅުއްވި މަގާމު ގަބޫލުފުޅު ނުކުރެއްވި ނުކުރެއްވުމާއި ގުޅިގެން ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވިދާޅުވީ، ފިލިޕް ބައިލްޑެން އެ ނިންމެވުން ނިންމެވީ "ޒާތީ ސަބަބުތަކާއި ހެދިއާއި އަދި އޭނާގެ ވިޔަފާރީގެ މަސްލަހަތުތަކާއި ދުރުވުމަށް ހުރި ގޮންޖެހުންތަކާއި ހެދި ކަަމަށެވެ." މެޓިސް ނެރުއްވި ބަޔާނެއްގައި އިތުރަށް ވިދާޅުވީ ބައިލްޑެން މަގާމު ގަބޫލުފުޅު ނުކުރެއްވީތީ ހިތާމަ ކުރައްވާ ކަމަށާއި އެހެންނަމަވެސް އޭނާގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، އޭނާ ތަފާތު އެކި ގޮތްގޮތުން ގައުމަށް ޚިދުމަތް ކުރައްވާނެ ކަން ދެނަހުރި ކަމަށެވެ.

ފިލިޕް ބައިލްޑެން އަކީ ރިޕަބްލިކަން ޕާޓީގެ ތަފާތު ކަންކަމަށް މާލީ ގޮތުން އެހީދެއްވާ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް